ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި، ޚާއްޞަކޮށް ވައިކަރަދޫގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް އަރިސްކުރަމެވެ.
އެހެން އަހަރު ތަކޭކޭ އެއްފަދައިން މި އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ. މިގޮތުން، މޫސުން ތަންދޭނަމަ ޢީދުނަމާދު ކުރުން އޮންނާނީ ޢީދު ދުވަހުގެ ހެނދުނު 7:00 ގައި ބަނދަރު ސަރަހައްދުގައެވެ. ބޮޑު ޖަމާއަތުގައި ޢީދުނަމާދުކުރުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުން ގެއިން ވުޟޫކޮށްގެން ވަޑައިގަތުމަށް ދަންނަވަމެވެ.
މޫސުން ތަން ނުދީފިނަމަ، މަސްޖިދުލް އިޚްލާޞް އަދި ކުރީގެ ހުކުރު މިސްކިތުގައި ޢީދު ނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި އެ އިންތިޒާމްތައް މި ކައުންސިލުގެ ފަރާތުން މިގެންދަނީ ހަމަޖައްސަމުންނެވެ.
ޢީދު ނަމާދަށްފަހު ރައްޔިތުންނަށް ބާއްވާ ސައިފޮދެއް އޮންނާނެ ވާހަކަ ދަންނަވަމެވެ. މިގޮތުން، ބަނދަރު ސަރަހައްދުގައި ޢީދު ނަމާދު ކުރާނަމަ، ޢީދު ސައިފޮދު އޮންނާނީ އާރުޓީއެލް ހަޓްގައެވެ. އަދި މިސްކިތްތަކުގައި ކުރާނަމަ، ޢީދު ސައިފޮދު އޮންނާނީ ހދ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
