ދިވެހިރާއްޖެ
46 ވަނަ ”ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން“ 1448/2026 ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
2026 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 46 ވަނަ ”ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން“ 1448/2026 ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މިގޮތުން މުބާރާތުގެ 2 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން އަންހެން އަދި ފިރިހެން ބައިވެރިއެއް، ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައި ވެއެވެ.
ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:
1- ދިވެހި ރައްޔިތަކަށްވުން.
2- ހިޖްރީ ގޮތުން ޢުމުރުން 25 އަހަރު ފުރިފައި ނުވުން (14 އޮގަސްޓް 2002 އަށް ވުރެ ފަހުން އުފަންވެފައިވާ ފަރާތަކަށްވުން).
3- ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން.
4- ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.
ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:
1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން. (މި ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެއެވެ.)
2- ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން. (މި ކެޓެގަރީގައި ބައިވެރިވެވޭނީ ވިދިވިދިގެން ޤުރްއާންގެ 15 ފޮތް ތަރުތީބުން ހިތުން ދަސް ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެއެވެ.)
ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:
1- މި މުބާރާތަށް ބައިވެރިން، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.
2- ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު މިމުބާރާތަށް ދިޔުމަށް ހޮވިއްޖެނަމަ އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުމާއެކު 3 ޖޫން 2026 ވާ އަންގާރާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ގޫގުލްފޯމު https://forms.gle/vyymcBwyjArBtC4m7 ފުރިހަމަ ކުރެއްވުން އެދެމެވެ.
1- ބައިވެރިވާ ފަރާތުގެ ވަނަވަރު (ސީވީ) – ޕީޑީއެފް ފޯމެޓުގައި.
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ – ޕީޑީއެފް ފޯމެޓުގައި.
3- ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ (މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވާނަމަ) – ޕީޑީއެފް ފޯމެޓުގައި.
4- ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު) – ޕީޑީއެފް ފޯމެޓުގައި.
