މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

              `

                                                                                 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް                  

   މާލެ، ދިވެހިރާއްޖެ                                          

 

                   އިޢުލާން

މަޤާމުގެ ނަން:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ބޭނުންވާ އަދަދު:

03

މަޤާމުގެ ޤިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

04

ޖޮބް ފެމެލީ:

ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓަރީ ސަރވިސް.

މަޤާމުގެ މުސާރަ:

މަހަކު  8,190.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު  2,455.00 ރުފޔާ

ހާޒިރީ އެލަވަންސް:

ދުވާލަކަށް  65.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     

 އެޑްމިނިސްރޭޝަން (02 މުވައްޒަފުން)

ޕޮލިސީ ޕްލޭނިންގ ޑިވިޛަން (01 މުވައްޒަފު)

ފެންވަރު ނުވަތަ ޝަރުތު:                      

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއި އެކު "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

   ނުވަތަ؛

2. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް        ލިބިފައިވުމާއި އެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިންތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި އެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް  ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން.

4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

އެޑްމިން

  • މި ސަރވިސްއަށް ބޭނުންވާ މުދާ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް.
  • މި ސަރވިސްއަށް ބޭނުންވާ މުދާލުގެ ޕީއޯ ހޯދުމަށްފަހު ޖަލުތަކަށް އެތަކެތި ފޯރުކޮށްދިނުމާއި ލިބުނުތޯ ކަށަވަރުކުރުން.
  • އިމަރޖެންސީކޮށް މި ސަރވިސްއަށް ހޯދަންޖެހޭ މުދާ ހޯދުމަށްޓަކައި އެޑްމިނިސްޓްރޭޝަން ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެ މުދާ ފޯރުކޮށްދިނުން.
  • މި ސަރވިސްއަށް ހޯދާ މުދަލުގެ ރިކޯޑް ބެލެހެއްޓުން.
  • ÷ޕެޓީ ކޭޝް ފޯމް ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުން.

އެޑްމިން (ސްޓޮކް އެންޑްއިންވެންޓްރީ)

  • މި ސަރވިސްގެ ސްޓޮކް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ބެލެހެއްޓުން.
  • މި ސަރވިސްގެ ސްޓޮކަށް ވައްދާ މުދަލާއި ސްޓޮކުން ދޫކުރެވޭ މުދަލުގެ މަޢުލޫމާތު ސްޓޮކް ޕްރޮގްރާމަށް އަޕްޑޭޓްކޮށް ކޮންމެ މަހަކު ސްޓޮކް ބާކީ ރިޕޯރޓެއް ތައްޔާރުކުރުން.
  • ހެޑް އޮފީހުގެ ސްޓޮކް އެކިއެކި ސެކްޝަން ތަކުން ބޭނުންވާތަކެތި ޤަވާޢިދާއި، ހަމަޖެހިފައިވާ އުޞޫލުތަކާއެއްގޮތަށް ސެކްޝަންތަކަށް ދޫކުރުން.
  • ސްޓޮކުން މަދުވަމުންދާ ތަކެތި ފާހަގަކޮށް ތަކެތި ހުސްވުމުގެކުރިން އެ ތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކަނޑައެޅިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް މިސަރވިސްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީގައި ހިމެނޭ ކޮންމެ އައިޓަމެއްގައި ނަންބަރުޖެހުމާއި، އަދި އަލަށް ހޯދޭ ތަކެތީގައިވެސް އިންވެންޓްރީ ނަންބަރު ޖެހުމާއި އަދާހަމަކޮށް ބެލެހެއްޓުން، އަދި ޖަލުތަކުގެ އިންވެންޓްރީ މޮނީޓަރކުރުން.
  • މިސަރވިސް އިން ބާވެގެން ނަގާ ތަކެތި ނީލަމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  • މި ސަރވިސް އަށް ނަގާ ހަރުމުދަލާއި ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ އޮޑިޓްތަކަށް ސްޕަވައިޒަރ ލަފާގެ މަތިން ޖަވާބުދާރީވުން، އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެދިއްޖެ ހިދެއްގައި ޖަލުތަކުގެ އިންވެންޓްރީ ފޯރުކޮށްދިނުމާއި ޖަލުތަކުގެ އިންވެންޓްރީ އާއި ގުޅިގެން ޖަވާބުދާރީވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

ޕޮލިސީ ޕްލޭނިންގ ޑިވިޛަން

  • މި ސަރވިސްގެ އެނުއަލް އެކްޓިވިޓީ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކާއި ޖަލުތަކުން ހޯދުމުގެ މަސައްކަތްކުރުން؛
  • މި ސަރވިސްގެ އިންޓާރނަލް ބޯޑުތަކުގެ ނިންމުންތަކާއި ހުށަހެޅުންތައް އިޞްލާޙްކުރެވޭ މިންވަރު މޮނިޓަރކޮށް ރެކޯޑް ބެލެހެއްޓުން؛
  • މި ސަރވިސްއިން ތައްޔާރުކުރާ ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެ ތައްޔާރުކުރުމުގެ މަސައްކަތްތައްކުރުން؛
  • މި ސެކްޝަނުން ދުވަހުން ދުވަހައް ކުރަމުންގެންދާ މަސައްކައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  • ސެކްޝަންތަކުން އަންނަ މެމޯ/މެއިލް/ސިޓީ ތަކަށް ޖަވާބު ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުން؛
  • ސެކްޝަނުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ރިޕޯޓް ކުރަންޖެހޭ ފަރާތަކަށް ރިޕޯޓްކުރުން؛
  • ސެކްޝަންގެ އެކިއެކި މަސައްކަތްތައް ކުރުމަށް އިދާރީގޮތުން ބޭނުންވާ އެންމެހާ ތަކެތި ހޯދާ އެތަކެތި ބެލެހެއްޓުން.
  • މިސަރވިސްގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތްތަކުގައި ބައިވެރިވުން.
  • އަދި މީގެ އިތުރުންވެސް ސެކްޝަންގެ މަސައްކަތްތައްކުރުމާއި، މި ސަރވިސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމާއި ގުޅޭ ދާއިރާ:

  • އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް، ސްޓެޓިސްޓިކްސް، ފައިނޭންސް ދާއިރާތައް.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު
  • މަސައްކަތު ތަޖުރިބާ
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  3. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

    5. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ

    6. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް

    7. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ

    8. ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2026 ޖޫން 08 ވާ ހޯމަ ދުވަހުގެ 18:00 ނިޔަލަށް  މި ސަރވިސްގެ މައި އެމް.ސީ.އެސް ޕޯޓަލް https://my.corrections.gov.mv/jobsމެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 20 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

 

 (އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތައް ހުށަހެޅިގައިވޭތޯ ޔަޤީންކުރަންވާނެއެވެ.)

 

     

 

 

21 މޭ 2026
ހޯދާ