މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
އަޟްޙާ ޢީދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި މިނިސްޓްރީގެ ޚިދުމަތްތައް ކުރިއަށްދާނެ ގޮތް

އިޢުލާން

އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައިވެސް، މި މިނިސްޓްރީން ޢާއްމުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، 2026 މޭ 24، 25، އަދި 28 މި ތިން ދުވަހު މިނިސްޓްރީގެ ޚިދުމަތްތައް ހެނދުނު 10:00 އިން މެންދުރު 13:00 އަށް ލިބޭނެއެވެ.

ބަންދު ދުވަސްތަކުގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

1. ވިޔަފާރިއާ ބެހޭ ޚިދުމަތްތައް

  • ޚިދުމަތް ދޭނެ ވަގުތު: މޭ 24، 25 އަދި 28 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް.
  • ޚިދުމަތް ދެވޭނެ ގޮތް: ވަންގަވް (one.gov.mv) އަދި ބިޒްނަސް ޕޯޓަލް (business.egov.mv) މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް މި މުއްދަތުގައި ޕްރޮސެސް ކުރެވެމުންދާނެ.
  • ބަންދު ދުވަސްތަކުގައި ޚިދުމަތަށް އެދޭ މިންވަރު އިތުރުވެއްޖެނަމަ، އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ނަގާ ވަގުތަށް ބަދަލު އައުން އެކަށީގެންވެއެވެ.

2. ފޮރިން އިންވެސްޓްމަންޓާ ބެހޭ ޚިދުމަތްތައް

  • އެޕްލިކޭޝަން ހުށަހެޅުން: ފޮރިން އިންވެސްޓްމަންޓާ ގުޅޭ ޚިދުމަތްތަކަށް އެދި ފޯމާއި އެޕްލިކޭޝަން ހުށަހަޅުއްވާނީ [email protected]  އީމެއިލް މެދުވެރިކޮށް.
  • މަޢުލޫމާތު ސާފުކުރުން: ފޮރިން އިންވެސްޓްމަންޓާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް، މިނިސްޓްރީގެ ނަންބަރު3333181  ފޯނުން ގުޅުއްވޭނެ.

3. ދަތުރުފަތުރާ ބެހޭ ޚިދުމަތްތައް

  • އީޕޯޓަލް (https://eportal.mta.gov.mv/) އަދި ސިމްސް ޕޯޓަލް (https://sims.transport.gov.mv/login) މެދުވެރިކޮށް މި ބަންދު ދުވަސްތަކުގައި ހުށަހަޅާ އެޕްލިކޭޝަންތައް 2026 މޭ 24، 25 އަދި 28 ވަނަ ދުވަހު ބަލައިގަނެ ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ޚިދުމަތާ ގުޅިގެން ހުށަހަޅަންޖެހޭ އޮރިޖިނަލް ބަލައިގަތުމާއި، ނިމޭ ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ މި 03 ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ.
  • މީގެއިތުރުން، ޑްރައިވިންގ ލައިސަންސްގެ ތިއަރީ އިމްތިހާނު 2026 މޭ 25 ވާ ހޯމަ ދުވަހު އަދި، ޕްރެކްޓިކަލް އިމްތިހާން 2026 މޭ 28 ވަނަ ދުވަހު ޝެޑިއުލް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި ޚިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެނަމަ، ޕްރޮސެސިންގ ޓައިމްތަކަށް ބަދަލު ގެނެވޭނެ ކަމުގައި  ދެންނެވީމެވެ.
  • އަދި، މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ކޮންމެހެން ގުޅަންޖެހޭ ޙާލަތްތަކުގައި މި މިނިސްޓްރީގެ ނަންބަރު 7212719 ފޯނަށް ގުޅުއްވުމަށް ދެންނެވީމެވެ.

 

21 މޭ 2026
ހޯދާ