ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކައުންސިލުން ނިންމަފައިވާތީ، 2026 މެއި 26 އިން ފެށިގެން މެއި 30 އަށް ޢީދުގެ ހަރަކާތްތައް ކުރިއަށްދާ ސަރަޙައްދުގައި ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ކުރިމަތިލެވޭނެ ފަރާތައް ތިރީގައި އެވަނީއެވެ.
- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ އެންމެހާ ފަރާތްތަކަށް
- ޖަމިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަންބަރ:2022/3) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޖަމިއްޔާ ޖަމާޢަތްތަކަށެވެ. (ފަންޑް ރައިޒް ކުރުމުގެ ބޭނުމުގައި)
- ސަރުކާރުގެ މުއައްސަސާތަކަށް (ފަންޑް ރައިޒް ކުރުމުގެ ބޭނުމުގައި)
ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރެވޭނީ ކައުންސިލުން ކަނޑައަޅާފައިވާ ފީ ކައުންސިލަށް ދެއްކުމަށްފަހުއެވެ. އެގޮތުން ހުއްދަ ދެވޭ ފަރާތްތަކަށް ދުވާލަކަށް ދައްކަންޖެހޭނެ ފީގެ އަދަދަކީ -/150 ދިވެހި ރުފިޔާއެވެ. ހުއްދައަށް އެދި ހުށައަޅަންވާނީ އިޢުލާނުގައި ކަންޑައެޅިފައިވާ މުއްދަތުގައި، އެފަރާތަކުން އެންމެ ދިގު މުއްދަތަކަށް ގާޑިޔާ ބަހައްޓަންވާ ބޭނުންވާ މުއްދަތަކަށެވެ. އަދި ހުއްދަ ދެވޭ ކޮންމެ ފަރާތަކަށް ދެވޭނީ 1 (އެކެއް) ސްލޮޓެވެ. ހުއްދަ ދެވޭ ސަރަޙައްދުގައި ކެއްކުމަކީ މަނާކަމެކެވެ. އަދި ކުރިމަތިލާފަރާތަކީ މުއައްސަސާއެއް ނުވަތަ ޖަމިއްޔާއެއްނަމަ ފަންޑްރައިޒް ކުރާ ބޭނުން އެނގޭނެ ގޮތަށް ފޯމަށް އަޕްލޯޑް ކުރަންވާނެއެވެ.
އަދި މުނާސަބަތުތަކާއި ގުޅިގެން ކުރު މުއްދަތަކަށް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ޤަވާއިދުގެ ދަށުން ހުއްދަ ދެވޭ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތައް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އަދި ޤަވާއިދާ ޙިލާފަށް ޢަމަލުކުރާ ފަރާތްތަކަށް މި ޤަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާކުރެވޭނެއެވެ.
ވީމާ މި އަހަރުގެ އަޟްޙާ ޢީދުގައި ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ފޯމް ފުރުއްވުމަށްފަހު 2026 މެއި 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.
ފޯމް ލިންކް: https://forms.gle/V4UmPajU9PEkxmcH9
މުނާސަބަތުތަކާއި ގުޅިގެން ކުރު މުއްދަތަކަށް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ޤަވާއިދު ލިންކް: Gaadiya Usoolu 2022.pdf
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9720343 ނަމްބަރާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
