އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ހުޅަނގު ވަލުތެރެ ބޭނުންކުރުން އަދި މީހުންގެ ގޯތިތަކުން ބޭރުގައިވާ ރުއްގަސް ބޭނުންކުރުމާގުޅޭ

            މިރަށު ސިއްހީމަރުކަޒުގެ ހުޅަނގުން ވާ ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތައް ފިޔަވާ އެހެން ސަރަހައްދުތަކުގައިވާ ވަލުތެރެއިން ފަނާއި ދަރު އަދި ކާށި ހޮވާ ފަރާތްތަކުން މިވަގުތު އަމަލުކުރަމުންދާ ގޮތުން އެސަރަހައްދުގެ ފެހިކަމަށާއި ގަސްރުކަށް ބޮޑެތިގެއްލުންތަކެއް ލިބެމުންދާކަމަށް މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިރަށު ވަށައިގެންވާ ހޭޅީގައި ކުއްޔަށް ދޫކުރެވިފައިވާރުއްތައް ފިޔަވާ އެސަރަހައްދުތަކުގައިވާ ގަސްތައްކޮށާ އެސަރަހައްދުތަކަށްވެސް ގެއްލުންތަށް ލިބެމުންދާކަންވަނީ ފާހަގަކުރެވިފައެވެ.   

            މިރަށު ސިއްހީމަރުކަޒުގެ ހުޅަނގުން ވާ ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތައް ފިޔަވާ އެހެން ސަރަހައްދުތަކުގައިވާ ވަލުތެރެއިން ނާއި މިރަށު ވަށައިގެންވާ ހޭޅީގައިވާ ކުއްޔަށް ދޫކުރެވިފައިވާ ރުއްތަށް ފިޔަވާ އެހެން ގަސްރުކާއި އަދި މިރަށު ބަނދަރުމަތީގައިވާ ރުއްތަކުން ކާއްޓާއި ފަނާއި ދަރު ހޯދުމުގައި އަމަލްކުރާނެ ހަރުދަނާ އުޞޫލެއް އެކުލަވާލުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންގެންދާ ކަމުގައި ދަންނަވަމެވެ.    

            ވީމާ ސިއްހީމަރުކަޒުގެ ހުޅަނގުން ވާ ސަރަހައްދުތަކުގައި އަމިއްލަ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތައް ފިޔަވާ އެހެން ސަރަހައްދުތަކުގައިވާ ވަލުތެރެއިން ނާއި މިރަށު ވަށައިގެންވާ ހޭޅީގައިވާ ކުއްޔަށް ދޫކުރެވިފައިވާ ރުއްތަށް ފިޔަވާ އެހެން ގަސްރުކާއި އަދި މިރަށު ބަނދަރުމަތީގައިވާ ރުއްތަކުން ކާއްޓާއި ފަނާއި ދަރު ހޯދުމުގައި އަމަލްކުރާނެ ހަރުދަނާ އުޞޫލެއް އެކުލަވާލާ އާނމު ކުރެވެންދެކަށް އެސަރަހައްދުގެ ވަލުތެރެއަށްވަދެ ފަނާއި ދަރު އަދި ކާށި ހޮވުމަކީ މިއަދުންފެށިގެން މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

21 މޭ 2026
ހޯދާ