މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުއަރިޒަމް ބިންތަކުގައި ހުރި ތަކެތި ނަގާ ސާފުކުރުން

ިރަށުގައި ޓުއަރިޒަމް ތަރައްޤީކުރުމަށް ދޫކުރެވިފައިވާ ދެބިމުގައި (MH1-MH2) މަސައްކަތްފެށުމަށް އެ ބިންތައް ކުއްޔަށްނަގާފައިވާ ފަރާތްތަކުން ބޭނުންވާތީ އެދެބިމާއި އެދެބިމުގެ ވަށައިގެންވާ މަގުތަކަށް އަރާގޮތަށް ބަހައްޓާފައިވާ މީހުންގެ ތަކެތި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމަވެ.

                   ވީމާ ދެންނެވިފައިވާ ދެބިމާއި އެބިންތަކުގެ ވަށައިގެންވާ ސަރަހައްދުގެ މަގުތަކުގައި ހުރި އެކި މީސްމީހުންގެ ތަކެތި 26 މެއި 2026 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން އެސަރަހައްދުން ނެގުމަށް އަންގަމެވެ. އަދި މިދެންނެވި މުއްދަތުގައި ނުނަގާ ހުރި ތަކެތި ކައުންސިލްގެ ބެލުމުގެ ދަށުން އެސަރަހައްދުންނަގާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

                   ދެންނެވިފައިވާ ދެބިން އޮންނާނީ ޗާންދަނީމަގުގެ ދެކުނުން އަފުޒާ ، އަދި ނިޝާން ގޯތީގެ ހުޅަނގުން އޮތް ސަރަހައްދުގައެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މޭ 2026
ހޯދާ