|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- މުވައްޒަފުންނަށް ވަޒީފާ ދިނުމާއި/ބަދަލު ކުރުމާއި/ވަކި ކުރުމުގެ ކަންތައް ޤައުމީ ޔުނިވާރސިޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރުން.
- ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގެ ރަޖިސްޓްރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުން ރިޓަޔަރކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ގަވާއިދުގައިވާ ގޮތުގެމަތިން ކުރުން.
- ބިދޭސީ މުވައްޒަފުންގެ ވާރކް ޕާރމިޓް ހޯދުމާއި، މާލެ އައުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސުން.
- މުވައްޒަފުންގެ ވަޒިފާއާއި ގުޅިގެން ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭން ޖެހޭ ސިޓީއެއް ހުރިނަމަ ވެރިޔެއްގެ މަޝްވަރާގެ މަތިން ކަމާ ބެހޭ ފަރާތަކަށް 3 ދުވަހުގެ ތެރޭގައި ވަގުތީ ޖަވާބެއް ނަމަވެސް ދިނުން.
- ޔުނިވަރސިޓީގައި ބާއްވާ އިމްތިހާންތަކުގައި ބައިވެރިވާ އިންވިޖިލޭޓަރުންގެ ޕޭޝީޓް ހެދުން.
- ޕާރޓް ޓައިމް ލެކްޗަރަރއިންގެ ޕޭ ޝީޓް ހެދުން.
- މުވައްޒަފުންގެ މަޢުލޫމާތު ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންނާއި ގުޅޭ ޤަވާއިދުތަކާއި އަދި އުސޫލުތައް ލިޔުމާއި، މުރާޖާކޮށް އަދާހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ހިއުމަން ރިސޯސް މެނެޖްމަންޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެކޮމިޓީއަށް ހުށަހަޅައި، ކޮމެޓީގެ ނިންމުން އަންގަން ޖެހޭ ފަރާތްތަކަށް އަންގާ ވިލަރެސްކުރުން.
- އެހެން ޑިޕާޓްމަންޓްތަކުން އަދި އޮފީސްތަކުން އެދިލައްވާ ސްޓެޓިސްޓިކްސް އަދި މަޢުލޫމާތު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފެއް/އަހަރީ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ޔުނިވަރސިޓީގައި ބައްވާ މުހިއްމު ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2026 ޖޫން 03 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2026-86
|
|
ނޯޓް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
|