ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 )ގްރޭޓާރ މާލެ ޒޯން، ސެންޓްރަލް ޒޯން(

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 14 ޖޫން 2026 އިން 25 ޖޫން 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ރާއްޖެ ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 " (ގްރޭޓަރ މާލެ ޒޯން، ސެންޓްރަލް ޒޯން) ގައި ބައިވެރިވުމުގެ ފެރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ނުވަތަ އީމެއިލް [email protected] ކުރެއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:

  • 14 ޖޫން 2026 ން – 25 ޖޫން 2026 އަށް މާލޭ ކުޅިވަރު އެކުވެނި.

 

ހިމެނޭ އިވެންޓް ތައް: ގްރޭޓަރ މާލެ ޒޯން (މާލެ، ވިލިމާލެ، ހުޅުމާލެ) ، ސެންޓްރަލް ޒޯން (ކ، އއ، އދ، ވ، މ، ފ)

ގްރޭޑް 7/8 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

ގްރޭޑް 9/10 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

ގްރޭޑް 11/12 (ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓްގައި ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

 

ކުޅެވޭ ޝަޓްލް ބްރޭނޑް:ވިކްޓަރ އެންސީއެސް މެކްސް ޝަޓްލް (ސްޕީޑް 77)

 

މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭ ފޯރމް ( ޕާޓިސިޕޭޝަން ފޯމް ): 

  • ·         މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް (ޕާޓިސިޕޭޝަން ފޯމް)، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި

 

 

ބައިވެރިވުމަށް އެދޭ ފޯރމް ހުށައެޅުމުގެ ފަހު ތާރީޙް : 

  • 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް [email protected]
  •  ބައިވެރިވުމަށް އެދޭ ފޯރމް އާއި އެކު ބައިވެރިންގެ އައި.ޑީ ކާޑު ކޮޕީ ހުށައަޅަންވާނެއެވެ.

 

މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:

  •  10 ޖޫން 2026 ވާ ބުދަ ދުވަހުގެ 14:00 ކުރިން

 

މުބާރާތުގެ އެންޓްރީ ޢާއްމު ކުރުން އަދި ޑްރޯ މީޓިންގ:

  • މުބާރާތުގެ އެންޓްރީ ލިސްޓް ޢާއްމު ކުރުން 8 ޖޫން 2026.
  • ޑްރޯ މީޓިންގ 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި.
  • މެނޭޖަރސް މީޓިންގ އޮންނާނީ 13 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި.

 

މުބާރާތުގެ ރެފްރީ :……………   ޑެޕިއުޓީ ރެފްރީ: ………………………

 

* ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

21 މޭ 2026
ހޯދާ