ދިވެހިރާއްޖެ
އިޢުލާން
ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި އިއުލާން ނަމްބަރު (IUL)452-HRS/452/2026/12 އަށް އެއްވެސް ފަރާތެއް ހަމަޖެހިފައިނުވާތީ، އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފެކެވެ.
|
މަޤާމު |
ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ |
||||||||||||
|
މަޤާމުގެ ނަންބަރު |
J-413645 |
||||||||||||
|
ބޭނުންވާ އަދަދު |
02 (ދޭއް) |
||||||||||||
|
މަޤާމުގެ ގިންތި |
ދާއިމީ |
||||||||||||
|
މަޤާމުގެ ރޭންކް |
ޕީ.އެސް.އާރް 7 (ސްޓެޕް 1) |
||||||||||||
|
ޑިވިޝަން/ ސެކްޝަން/ޔުނިޓް |
ކޮމިއުނިކަބަލް ޑިޒީޒް ޑިވިޜަން، ޕޯޓް ހެލްތް ސެކްޝަން، ސީ ޕޯޓް ޔުނިޓް |
||||||||||||
|
މަސައްކަތް ކުރަންޖެހޭ ގަޑި |
ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ ތަކުގައި މަސައްކަތްކުރުން |
||||||||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހެލްތު ޕްރޮޓެކްޝަން އެޖެންސީ – މާލެ ސީ ޕޯޓް ( މާލެ ކޮމާޝަލް ހާބަރ) |
||||||||||||
|
މުސާރަ |
10,613/- ރުފިޔާ |
||||||||||||
|
މަގާމުގެ އެލަވަންސް |
-/4,953 ރުފިޔާ |
||||||||||||
|
އެހެނިހެން އެލަވަންސް |
|
||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު، އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް(2005) ، ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވާއިދު އަދި ކަމާގުޅޭ އެކިއެކި އުސޫލުތަކާ އެއްގޮތަށް، ރާއްޖޭން ބޭރުން އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރަށް ހެލްތު ކްލިއަރެންސް ދިނުމާއި އަދި ޞިއްޙީގޮތުން ސާވައިލަންސް، މޮނިޓަރ އަދި ރިޕޯރޓް ކުރުމުގެ މަސައްކަތްތަކުގައި އަރަންޖެހޭ އުޅަނދުތައް ކޮންމެ ދުވަހަކު އަރައި ބަލާފާސްކުރުން. 2. ޤާނޫނާ ގަވާއިދު އަދި އުޞޫލުތަކާ އެއްގޮތަށް ރާއްޖެއިން ބޭރުން އަންނަ ފަޅުވެރިންނާއި އަދި ދަތުރުވެރީންނާ ގުޅޭގޮތުން، ބަނދަރުގައި ނުވަތަ އުޅަނދުގައި ޞިއްޙީގޮތުން ސާރވައިލަންސް، އެކްޓިވް ސާރވައިލަންސް، ސްކްރީންނިންގ، ކޮންޓެކްޓް ޓްރޭސިންގ، ރިޕޯރޓިންގ އަދި ސެލްފް ރިޕޯޓިންގ، ކަރަންޓީން ނުވަތަ އައިސޮލޭޓް ކުރުމުގެ މަސައްކަތް ފުރިހަމަކުރުން. 3. ބައިނަލްއަގްވާމީ ދަތުރުކުރާ ވައިގެ އުޅަނދުފަހަރުގެ ޑިސްއިންސެކްޝަން މަސައްކަތް އަދި ކަނޑުގެ އުޅަނދުފަހަރު ސެނިޓޭޝަން، ފިއުމިގޭޝަން ނުވަތަ ޑިސްއިންފެކްޝަން ކުރާކަން ކަށަވަރުކުރުމާއި، ރިޕޯރޓުކުރުމާއި، މޮނީޓަރިން އަދި ކަރަންޓީން ކުރުމާގުޅޭ ކަންކަން ކޮންމެ ދުވަހަކު ފުރިހަމަ ކުރުން. 4. ބައިނަލްއަޤްވާމީ ބަނދަރު ސަރަހައްދުގައި ހުންނަ އިމާރާތްތަކާއި، މުދަލާއި ކުނި ޖަމާވާ ތަންތަން ބަލާ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ސެނިޓޭޝަން އަދި ވެކްޓަރ އިންސްޕެކްޝަންތައް ދެވިފައިވާ މުއްދަތަށް ނިންމުން. 5. ޕޯރޓް ހެލްތު ސެކްޝަނާ ގުޅޭ އިދާރީ މަސައްކަތްތަކާއި، ޑިއުޓީ ދަންފަޅިތަކާ ގުޅޭ ކަންކަމާއި އަދި އޮޕަރޭޝަނަލް މަސައްކަތްތައް ކުރުމާއި ސުޕަވިޒަންގެ ގޮތުގައި ޙަވާލު ކުރެވޭ މަސައްކަތްތައް ބެލުން 6. ޤާނޫނު، ގަވާއިދު، އުސޫލުތަކާއި އަދި އިރުޝާދުތަކާ އެއްގޮތަށް، ޑެޑްބޮޑީ އާގުޅޭ ކްލިއަރަ ންސް، ޝިޕްމެޑިސިން ޗެސްޓާ ގުޅޭ ކަންކަން، އަދި ގައިންގަޔަށް ފެތުރޭ ބައްޔަކަށް ނުވަތަ ޞިއްޙީ ނުރައްކަލަކަށް ހުށަހެޅިދާނެ އެހެނިހެން ކަންކަމުގެ ތެރެއިން ބަނދަރާއި، އުޅަނދުފަހަރާއި އަދި ދަތުރުވެރީންނާއި ކުރޫންނާ ގުޅޭ ކަންކަން ކުރީބައިގައި އެކްޓިވްކޮށް ދެނެގަތުމާއި، މޮނިޓަރ ކުރުމާއި، ބަލާ ފާސްކުރުމާއި އަދި ރިޕޯރޓުކުރުން. 8. ސެކްޝަނުގެ މަސައްކަތާގުޅޭ ވޯކްޝޮޕްތަކުގައި ބައިވެރި ވުމާ އަދި ތަމްރީންތައް ހިންގުމަށްޓަކައި ޕްލޭންކުރެވިގެން، ސުޕަވައިޒަރުގެ އިރުޝާދު ހޯދައިގެން ތަމްރީންތައް ކުރިޔަށް ގެންދިއުން. 9. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޯރޓް ހެލްތު ޔުނިޓްތަކާއި އަދި ޕަބްލިކް ހެލްތު ޔުނިޓްތަކުން ދެމުން އަންނަ ޕޯރޓް ހެލްތާ ގުޅުން ހުރި މަސައްކަތްތަކުގައި، ފަންނީގޮތުން އެހީތެރިވެދީ މޮނިޓަރ ކުރުން. 10. ގަވައިދާއި އަދި އުސޫލުތަކުގެ ދަށުން، ޚިދުމަތް ދޭންޖެހޭ ފަރާތްތަކާއި އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން ސީދާ ހޯދާ މައުލޫމާތުގެ ޞައްހަކަން ކަށަވަރު ކުރުމަށްފަހު ރިޕޯރޓް ތައްޔާރުކޮށް ރިޕޯރޓް ފޮނުވުމާއި، ޚިދުމަތުގެ-ފީ އަދި ޖޫރިމަނާ ފީ ނެގުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، އެ ފައިސާ ދައްކާފައިވާކަން ކަށަވަރު ކުރުމާއި އަދި އުސޫލުގެ ތެރެއިން ޚިދުމަތް ދިނުން. 11. ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް، ސްޓޮކް އަދި އިންވެންޓްރީ ބަލަހަށްޓައި، މުދަލާއި އަދި ތަކެއްޗަށް އެދުމާއި ، މުދަލާއި ތަކެތީގެ ލިސްޓް ޗެކުކޮށް އަދާހަމަ ކުރުން. 12.ޞިއްޙީ ކާރިސާތަކުގައި އަދި ޚާއްސަ އޮޕަރޭޝަންސްތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަވާލުކުރާ މަސައްކަތް ފުރިހަމަކުރުން 13. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމުގައި ސުޕަވައިޒަރުގެ ލަފަޔާއެއްކޮށް މަސައްކަތްކުރުން . |
||||||||||||
|
މަޤާމުގެ ޝަރުތުތައް |
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. |
||||||||||||
|
ތަޢުލީމީ ރޮނގުތައް:
|
|||||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާ
|
|||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް |
||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 03 ޖޫން 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ. |
||||||||||||
|
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||
|
އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) އަދި އިންޓަރވިއު އޮންނާނީ 2026 ޖޫން މަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ. |
||||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3024505 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|||||||||||||
