ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ އުތުރު ފަރާތު އަތިރިމަތީ ސަރަޙައްދުގައި ކުރިވެއްޓިފައިވާ ރުއްތައް ކެނޑުން
މިރަށުގެ އުތުރުފަރާތު އަތިރިމަތީ ސަރަޙައްދު (ބަނދަރުގެ ހުޅަނގު ކޮޅުން ފެށިގެން އިރުމައްޗަށް، އައު އިންޖީނުގޭ އިރުމަތީ މަގާދޭތެރެ) ގައި، ކުރިފުންމާލާފައިވާ ގިނަ ޢަދަދެއްގެ ރުއް ހުރިކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އެފަދަ ރުއްތަކަކީ މިފަދަ މޫސުމެއްގައި ހީވެސް ނުކުރާފަދަ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވުމުގެ ފުރުޞަތުއޮތް ރުއްތަކަކަށްވާތީވެ، އެރުއްތައް ކެނޑުމަށް ބޭނުންވެއެވެ.
ވީމާ، މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ، 25 މެއި 2026 ގެ ކުރިން ކަނޑައިގެން ގެންގޮސް ބިންސާފުކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުކަނޑުއްވާ ހުންނަ ރުއްތައް އެއީ ވެރިޔަކު ނުވާ ރުއްތަކުގެ ގޮތުގައި ބަލައި ނައްތާލެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 މޭ 2026
ހޯދާ
