ދިވެހިރާއްޖެ
އިޢުލާން
ކުޑަހުވަދޫ މަގުތަކުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެންގުން
ކުރިއަށްއޮތީ 1447 ވަނަ އަހަރުގެ އަޟްހާ ޢީދު ބަންދު ދުވަސްތައް ކަމަށްވެފައި އަޟްހާ ޢީދަކީ ރަށުން ބޭރުން ގިނައަދަދެއްގެ ބަޔަކު ރަށަށްއަރާ ދުވަސްވަރެއްކަމަށްވާއިރު ރަށުގެ މަގުތަކާއި ދުވާރުމަތީގައި ތަކެތި ބަހައްޓާ ހެދުމަކީ ކުޑަހުވަދޫ ފަދަ ތަހުޒީބަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށަކަށް ވީހިނދު ރައްޔިތުން ކުރަން އެކަށީގެންވާ ކަމެއްނޫންކަން. މިދުވަސްވަރަކީ ރަށުންބޭރުން ގިނަ ފަރާތްތަކެއް ރަށަށް ޒިޔާރާތްކުރާ ދުވަސްވަރަކަށް ވާތީވެ، މަގުމައްޗާއި ދުވާރު މަތީގައި ބަހައްޓާފައިވާ އެއްމެހާ ތަކެތި 24 މެއި 2026 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި ނަގާ ނިންމުމަށް ދަންނަވަމެވެ.
އަޟްހާ ޢީދުގައި ވަރަށް ގިނަބަޔަކު ރަށަށް ޒިޔާރަތްކުރާއިރު، ރަށުގެ ސާފު ތާހިރުކަން ފެންނާނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވައި މަސައްކަތް ކޮށްދީގެން ކަމުގައި ދަންނަވަމެވެ. އަދި 24 މެއި 2026 ވާ އާދިއްތަ ދުވަހުގެ ފަހުން މަގުމައްޗާއި ދުވާރުމަތީގައި ކައުންސިލްގެ ހުއްދަ ނުހޯދާ ބަހައްޓާފައިވާ ތަކެތި މިއިދާރާއިން ނަގަމުން ދާނެވާހަކަ ދަންނަވަމެވެ
އަދި މި ފުރުސަތުގައި، މިފަދަ ކަންކަމުގައި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.
30 ޛުލްޙިއްޖާ 1447
20 މެއި 2026
