ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދެމުމުގެ މުބާރާތް 1447 ގައި ބައިވެރިވުމުގެ ފުރުސަތު (ކުޑަހުވަދޫ ޢީދު ފޯރި 1447)

           1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއާއި، ސަރުކާރުގެ މުއައްސަސާތަކާ، ކުލަބް ޖަމްއިއްޔާތަކާ ގުޅިގެން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި ވާދެމުމުގެ މުބާރާތް 1447ގެ ނަމުގައި ވާދެމުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް  އޮންނާނީ 2026 މެއި 29 ވަނަ ދުވަހުގެރޭ 20:30 ގައެވެ. މުބާރާތް ކުރިޔަށް ގެންދާނީ މަދުވެގެން 3 ޓީމް ބައިވެރިވާނަމައެވެ.

           ވާދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 މެއި 25 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

           ވާދެމުމުގެ މުބާރާތް ނިމުމުން މުބާރާތުގެ ވަނަތަކަށް ޢިނާމް ދެވޭނެއެވެ. މުބާރާތުގައި ހޮވާ ވަނަތަކާއި ވަނަތަކަށް ކަނޑައެޅިފައިވާ ޢިނާމް ޗެމްޕިއަންޓީމް، 3000.00ރ ރަނަޕް ޓީމް،1500.00ރ  މުބާރާތުގެ ޤަވާއިދާއި ފޯމް މި އިދާރާގެ ވެބްސައިޓް kudahuvadhoo.gov.mv އިން ލިބިވަޑައިގަންނަވާނެވެ.  ފޯމް ހުށައެޅުއްވުމަށް މިއިދާރާގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9563965 އަށް ގުޅުއްވުން އެދެމެވެ.

20 މޭ 2026
ހޯދާ