މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ނޯތު ހާބަރުގެ ޕާކިންއާއި ގުޅޭ

މާލެ ނޯތު ހާބަރަށް ވަންނަ އެއްގަމު އުޅަނދުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށާއި، މިހާރު ޢަމަލުކުރަމުންދާ އުޞޫލުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ތިރީގައިވާ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކަށް ޢަމަލުކުރަން ފަށާނީ 21 މެއި 2026 ވާ ދުވަހުގެ ރޭގަނޑު 00:00 އިން ފެށިގެންނެވެ.

 

 1. ނޯތު ހާބަރު ސަރަޙައްދު ތެރޭގައި ދަންވަރު 01:00 އިން ފެށިގެން ފަތިހު 05:00 އާ ދެމެދު ޢާންމު ފަރާތްތަކުން އުޅަނދު ޕާކު ކުރުމަކީ މަނާކަމެކެވެ.

 2. މި ސަރަޙައްދުގައި އެއްވެސް އުޅަނދެއް 72 ގަޑިއިރަށްވުރެ އިތުރަށް ޕާކުކޮށްފައި ބަހައްޓައިފިނަމަ، މޯލްޑިވްސް ޕޮލިސް ސާރވިސް މެދުވެރިކޮށް އެ އުޅަނދެއް ޓޯވ ކުރެވޭނެއެވެ. އަދި މިގޮތަށް ޓޯވ ކުރެވޭ އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް މި ކުންފުނިން ޒިންމާނުވާނެ ވާހަކަ ދެންނެވީމެވެ.

20 މޭ 2026
ހޯދާ