މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްރައްވެހިންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސްއާ ގުޅޭ

އިސްރައްވެހިންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ހޯއްދެވުމަށް އެދިލައްވާ ފަރާތްތަކުން މި ޚިދުމަތް ކައުންސިލް އިދާރާ މެދުވެރިކޮށް މިހާރު ލިބިވަޑައިގަންނަވާނެއެވެ. މިގޮތުން މިލައިސެންސް ދޫކުރުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކަކީ 60 ސީސީ އިން ދަށުގެ ސައިކަލަށާއި، ރަށު ޕިކަޕަށެވެ.

މި ޚިދުމަތަށް އެދިލައްވާ ފަރާތްތަކުން އިސްރައްވެހިންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 02 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިކައުންސިލުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

20 މޭ 2026
ހޯދާ