ދަމަނަވެށި
ދިވެހިރާއްޖެ
ދަމަނަވެށިން ދޭ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތަކަށް ބަދަލުވުމާއި ގުޅޭ

ދަމަނަވެށިން ދޭ ޚިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތަކަށް ބަދަލުވުމާއި ގުޅޭ

 

ދިވެހިންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމުކުރުމަށް ޓަކައި، ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުން ކުރާ އިމާރާތް މަރާމާތުކޮށް، އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރެއް ތަރައްޤީ ކުރުމަށް ނިންމާފައިވާތީ، މިހާރު ދަމަނަވެށިން ދޭ ޚިދުމަތްތައް 01 ޖޫން 2026 އިން ފެށިގެން ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ޤާއިމުކޮށްފައިވާ އާރބަން ޕްރައިމަރީ ހެލްތު ކެއަރސެންޓަރ އަދި ހުޅުމާލެގައި ޤާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި ޖީ.ޕީ ކްލިނިކުން ކަމުގައި ހަމަޖައްސަވާފައިވާތީ، މިކަން އާއްމުންނަށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

20 މޭ 2026
ހޯދާ