މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ސީނިއަރ މެރިން ރިސާރޗް އޮފިސަރ / ޕެލާޖިކް ފިޝަރީޒް އެންޑް މޮނިޓަރިން ރިސަރޗް ސެކްޝަން

މަޤާމް:

ސީނިއަރ މެރިން ރިސާރޗް އޮފިސަރ

 

މަޤާމުގެ ނަންބަރު:

J-453672

 

ބޭނުންވާ ޢަދަދު:

1

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 – ސްޓެޕް 1

 

ޖޮބް ފެމެލީ/ޖޮބް މެޓްރިކްސް:

ސައިންސް އެންޑް ބިލްޓް އެންވަޔަރަންމަންޓް ސަރވިސް، މެރީން އެންޑް އެކުއަކަލްޗަރ ރިސަރޗް ޕްރޮފެޝަނަލް 

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް / ޕެލާޖިކް ފިޝަރީޒް އެންޑް މޮނިޓަރިން ރިސަރޗް ސެކްޝަން، ކ. މާލެ

 

މުސާރަ:

-/10875 ރުފިޔާ

 

މަގާމުގެ އެލަވަންސް:

-/5075 ރުފިޔާ

 

ހާޒިރީ ޢިނާޔަތް:

-/135 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

 

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޙަވާލުކުރެވިފައިވާ ކަނޑުމަހުގެ މަސްވެރިވެރިކަމުގެ ދާއިރާގެ (ދޮށީގެ އަދި އަތުނަނުގެ މަސްވެރިކަން އަދި ހިބަރުގެ މަސްވެރިކަން ހިމަނައިގެން) ރިސާރޗް ޕްރޮގްރާމްތައް މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގެ މަޤްޞަދުތައް ހާޞިލް ވާނޭގޮތަށް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ބައްޓަންކޮށް ޙަރުދަނާ ގޮތެއްގައި ހިންގުން.
  • ކަނޑުމަހުގެ މަސްވެރިކަންތަކާއި އެންވެރިކަމާއި ގުޅުންހުރި މެނޭޖްމަންޓް ޕްލޭންތަކުގައިވާ އަމާޒުތަކަށް ވާސިލުވުމަށް އަދި މި މިމަސްވެރިކަންތަކުގައި ނެގޭ ވަސީލަތްތަކާއި ގުޅޭގޮތުން ކުރާ އެކިއެކި ދިރާސާ މަސައްކަތްތައް ސުޕވައިޒަރުގެ އިރުޝާދުގެ ދަށުން ބައްޓަންކޮށް ތަންފީޒުކުރުން.   
  • ކަނޑުމަހުގެ މަސްވެރިކަންތަކާއި އެމަސްވެރިކަންތަކާއި ގުޅުންހުރި އެންވެރިކަމުގެ ދިރާސާތައް ހިންގުމަށާއި އެއްކުރެވޭ މައުލޫމާތު ބެލެހެއްޓުމުގެ ޕްރޮޓޮކޯލްތައް އެކުލަވާލުމުގައާއި މުތާލިއާ ކުރުމަށް އެހީތެރިވުމާއި އެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ކަޑައެޅިފައިވާ މުވައްޒަފުން އަދި އެހެނިހެން ފަރާތްތައް އަހުލުވެރިކުރުވުން. 
  • ކަނޑުމަހުގެ މަސްވެރިކަންތަކާއި އެމަސްވެރިކަންތަކާއި ގުޅުންހުރި އެންވެރިކަމުގެ ދިރާސާ މަސައްކަތުގެ ސައިންޓިފިކް ކަރުދާސް / ޓެކްނިކަލް ރިޕޯރޓް ލިޔެ ޝާއިއުކުރުން، އަދި ލިޔެވޭ ރިޕޯރޓް / ކަރުދާސްތައް މަސައްކަތާއި ގުޅުންހުރި ބޭރުގެ އަދި ރާއްޖޭގެ ޖަލްސާތަކުގައި ހުށަހެޅުން.      
  • ރާއްޖެ ބައިވެރިވާ ކަނޑުމަސްވެރިކަމުގެ ވަސީލަތްތަތް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާލީ އަދި ސަރަހައްދީ ޖަމްޢިއްޔާތަކަށް ފޯރުކޮށްދޭންޖެހޭ ސައިންޓިފިކް މައުލޫމާތު އެއްކުރުމާއި އެކުލަވާލަވާލުން އަދި އެ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ވަގުތުތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ރާވާ ހިންގުން.
  • އަހަރުން އަހަރަށް ކުރަންޖެހޭ މަސައްކަތްތަކާ ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވާ ބަޖެޓް ތައްޔާރުކުރުމާއި އަދި ބޭރުގެ އެހީ ދޭ ފަރާތްތަކާއި، މަސައްކަތުގެ ދާއިރާއާއި ގުޅުން ހުރި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަރުކަޒުތަކާއިއެކު ކުރެވޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ވިލަރެސްކޮށް ހިންގުމާއި ހަރުދަނާ ކުރުން.
  • އިންސްޓިޓިއުޓުން ކުރެވޭ ދިރާސާ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކާއި ގުޅުންހުރި އާންމު ލިޔެކިޔުން ތައްޔާރުކޮށް އިންސްޓިޓިއުޓްގެ ވެބްސައިޓް އަދި ސޯޝަލް-މީޑިއާ އެކައުންޓް ހިންގުމަށް ކޮންޓްރިބިއުޓް ކުރުން.
  • އަހަރު ނިމޭއިރު ކުރެވިފައިވާ މަސައްކަތްތައް އަހަރީ ރިޕޯރޓަށް ބޭނުންވާ ގޮތަށް ހުލާސާ ކޮށް އިންސްޓިޓިއުޓްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ކަނޑައެޅިފައިވާ ވަގުތައް ފޯރުކޮށްދިނުން.
  • އިންސްޓިޓިއުޓުން ކުރެވޭ އެހެނިހެން ދިރާސާތަކާއި ހަވާލުކުރެވޭ އިންސްޓިޓިއުޓްގެ އެހެނިހެން މަސައްކަތްތައް ޑިރެކްޓަރ ޖެނެރަލާއި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
  •  

 

މަޤާމުގެ ޝަރުޠު:

1-      މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ  8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ފިޝަރީޒް ރިސާރޗް ނުވަތަ މެރިން އިކޯސިސްޓަމްސް ރިސަރޗްއާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް.

 

މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ދާއިރާތައް:

އެކުއަކަލްޗަރ އެންޑް މެރީން ކޮންޒަރވޭޝަން، ކޯސްޓަލް އެންޑް މެރީން ރިސޯސަސް މެނޭޖްމަންޓް، ކޯސްޓަލް މެނޭޖްމަންޓް، ކޯސްޓަލް ސައިންސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް ސައިންސް، ފިޝަރީޒް އެންޑް މެރީން ސައިންސަސް،  މެރީން އެފެއާޒް، މެރީން އެންޑް ކޯސްޓަލް ސައިންސް، މެރީން އެންޑް ވައިލްޑްލައިފް ކޮންޒަރވޭޝަން،  މެރީން ބަޔޮލޮޖީ، މެރީން ބަޔޮލޮޖީ އެންޑް ކަލައިމެޓް ޗޭންޖް، މެރިން ކޮންޒަރވޭޝަން،  މެރީން މެނޭޖްމަންޓް،  މެރީން ރިސޯސް މެނޭޖްމެންޓް، މެރީން ސައިންސް،  މެރީން ސައިންސް އެންޑް ކޮންޒަރވޭޝަން، ސަސްޓެއިނަބަލް ފިޝަރީޒް އެންޑްމެރީން ރިސޯސަސް މެނޭޖްމަންޓް.

 

ސީނިއަރ މެރީން ރިސާރޗް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ފީލްޑް ޓެކްނިކަލް ސަޕޯޓް އެސިސްޓަންޓުން މެޓްރިކްސްގެ ތެރެއިން ސީނިއަރ ފީލްޑް އެސިސްޓަންޓް (ޕެލާޖިކް) މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. ސީނިއަރ ފީލްޑް އެސިސްޓަންޓް (ޕެލާޖިކް) މަޤާމަށް މުވައްޒަފެއް ނަގާނީ ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

މަޤާމު:

ސީނިއަރ ފީލްޑް އެސިސްޓަންޓް (ޕެލާޖިކް) 

ބޭނުންވާ އަދަދު: 1

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 4 – ސްޓެޕް 1

އަސާސީ މުސާރަ:

-/8890 ރުފިޔާ

ޖޮބް އެލަވަންސް:

-/2670 ރުފިޔާ

ހާޒިރީ އިނާޔަތް:

-/70 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓް މުއްދަތު

2 އަހަރު

މަޤާމުގެ ޝަރުޠު:

  1. މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://fisheries.gov.mv/images/ApplicationForm-1757483427047.docx

  1.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ

  • އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

*ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 08 ޖޫން 2026 އާއި 29 ޖޫން 2026 އާ ދެމެދު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339244 ނުވަތަ 3339211 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

20 މޭ 2026
ހޯދާ