މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭތިއްބުމަށް ތަނެއް ކުއްޔައް ހިފުމާ ބެހޭ

އިޢުލާނު

މުވައްޒަފުން ބޭތިއްބުމަށް ތަނެއް ކުއްޔައް ހިފުމާ ބެހޭ

މި ކުންފުނީގެ 30 މުވައްޒަފުން ބޭތިއްބުމަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު 116-A12/IL/2015/85(16 ޑިސެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، 2 ރޫމްގެ 4 އެޕާޓްމަންޓް، ނުވަތަ 3 ރޫމްގެ 3 އެޕާޓްމަންޓް، އެއް އިމާރާތަކުން ނުވަތަ ތަފާތު އިމާރާތްތަކުން ވިއަސް ކުއްޔަށްދިނުމަށް ޝައުޤުވެރިވާނަމަ މިކުންފުނިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. އަދި 2 ރޫމް އެޕާޓްމަންޓާއި 3 ރޫމްގެ އެޕާޓްމަންޓް ކުއްޔައް ދިނުމަށް ޝައުޤުވެރިވެލައްވާ ކޮންމެ ފަރާތަކުންވެސް މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

އަދި، މިފަދަ ތަނެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ރަބީޢުލްއައްވަލް 1437

05 ޖަނަވަރީ 2016
ހޯދާ