ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށްހިފުމާ ބެހޭ

އިޢުލާން

ގުދަނެއް ކުއްޔަށް ހިފުމާ ބެހޭ

މި ސްކޫލްގެ ތަކެތި ރައްކާތެރި ކުރުމަށް މިދަންނަވާ ފެންވަރުގެ ގުދަނެއް 1 އަހަރުދުވަހުގެ މުއްދަތަށް ( 1 ޖަނަވަރީ 2016 ން 31 ޑިސެންބަރު 2016 އަށް) ކުއްޔަށް ހިފަން ބޭނުންވެގެން 3 ޑިސެންބަރު 2015 ގައި ކުރި މި ސްކޫލުގެ ނަންބަރު:21/2015 GS116(IUL) އިޢުލާނާއި ގުޅިގެން ކުރިމަތިލައްވާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ، އަލުން އެކަަމަށް އިޢުލާން ކުރަމެވެ. މިގޮތުން ކުއްޔަށް ހިފާ ގުދަނަކީ ރާނައި ހިޔާކޮށް ދެފަރާތުން ސިމެންތި ޖަހައި، ތަޅުން އަޅައި، މުށި ޖަހައި، ސީލިންގކޮށް، ކަރަންޓް ވައިރުކޮށްފައިވާ ގުދަނަކަށް ވާންޖެހޭނެއެވެ. އަދި ގުދަނުގެ ބޮޑުމިނުގައި މަދުވެގެން 200 އަކަފޫޓު ހުންނަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކުއްޔަށް ދޫކުރެވޭނެ އަގު ބަޔާންކޮށް މި ސްކޫލަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު ކުއްޔަށް ދެއްވަން ގަސްދުކުރައްވާ ގުދަނުގެ ޖާގައާއި ގުދަން ހުރި ތަނާއި ހުރި ގޮތުގެ ކުރެހުމެއް ހުށަހަޅަންވާނެއެވެ.

23 ރަބީޢުލްއައްވަލް 1437

03 ޖަނަވަރީ 2016
ހޯދާ