އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު އައްޑޫ ހައި ސްކޫލްގެ ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލުން

މި ފެށޭ ދިރާސީ އާ އަހަރު އައްޑޫ ހައި ސްކޫލުގެ ގްރޭޑް 11އާއި ބީޓެކް ކޯރސްތަކަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

މަތީ ސާނަވީއަށް ވަނުމުގެ ޝަރުޠު

  1. 1.     ޢުމުރު
  • ގްރޭޑް 11އަށް ވަންނަން އެދޭ ދަރިވަރުންނަކީ 31 ޑިސެމްބަރ 2025 އަށް 16 އަހަރު ފުރި 17 އަހަރު ނުފުރޭ ކުދިންކަމުގައި ވާންވާނެއެވެ.
  • ފެބުރުއަރީ/މާރޗް 2026 އޯލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ގްރޭޑް 11އަށް ވަނުމުގެ ޝަރުތު ހަމަވެ، މަތީގައި ބަޔާންކޮށްފައިވާ އުމުރު ހަމަނުވާ ދަރިވަރުންނަށް ގްރޭޑް 11އަށް ވަނުމުގެ ފުރުސަތު އޮންނާނެއެވެ.
  • މަތީގައި ބަޔާންކޮށްފައިވާ އުމުރު ހަމަވެފައިވީ ނަމަވެސް މަދަރުސީ ނިޒާމުގެ ތެރެއިން ގްރޭޑް 10 ނިންމާ، ގްރޭޑް 11އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު އޮންނާނެއެވެ.

 

  1. 2.     މަތީ ސާނަވީއަށް ވަނުމުގެ އެކަޑަމިކް ޝަރުޠު (އެޗް.އެސް.ސީ، ޕިއާސަން އެޑެކްސެލް، ކެމްބްރިޖް އޭލެވެލް)

ގްރޭޑް 11އަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުސަތު ދިނުމުގައި ބަލާނީ އެސް.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް، އައި.ޖީ.ސީ.އެސް.ސީ އިމްތިހާނު، އަދި ބީޓެކްގެ ނަތީޖާއަށެވެ.

ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ކިޔެވުމަށް ފުރުޞަޠު ދިނުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒްއިން ދަށްވެގެން C ފާސް ލިބިފައިވުމާ އެކު އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލް އިމްތިހާނު ސްޓްރީމް 2 މާއްދާ ހިމެނޭ ގޮތަށް، 4 މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން: ނުވަތަ

(ށ) އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒްއިން ދަށްވެގެން C ފާސް ލިބިފައިވުމާ އެކު އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލްގެ ހިސާބު މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުމާ އެކު އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލް އިމްތިހާނުގެ ކޮންމެވެސް އެއް ސްޓްރީމަކުން (ސައެންސް، ބިޒްނެސް، އާޓްސްއިން) މަދުވެގެން 2 މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން: ނުވަތަ

(ނ) އެސް.އެސް.ސީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒްއިން ދަށްވެގެން C ފާސް ލިބިފައިވުމާ އެކު އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލް އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން (ސައެންސް، ބިޒްނެސް، އާޓްސްއިން) މަދުވެގެން 2 މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުމާ އެކު ދަރިވަރު ކުރިޔަށްދާން ބޭނުންވާ މަސައްކަތު ދާއިރާއާ ގުޅޭ އިޚްތިޔާރީ 1 މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން: ނުވަތަ

(ރ) އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލް އިމްތިހާނުން ހިސާބުން ނުވަތަ އިނިގރޭސިން ދަށްވެގެން C ފާސް ލިބިފައިވުމާ އެކު އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލް އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން (ސައެންސް، ބިޒްނެސް، އާޓްސްއިން) މަދުވެގެން 2 މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން. ނުވަތަ

(ބ)  އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލް އިމްތިހާނުން ހިސާބުން ދަށްވެގެން C ފާސް ލިބިފައިވުމާ އެކު އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލް އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން (ސައެންސް، ބިޒްނެސް، އާޓްސްއިން) މަދުވެގެން 1 މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން، އަދި ހިސާބު މާއްދާއާއި ސްޓްރީމް މާއްދާއާ ގުޅުހުރި އިޚްތިޔާރީ މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން،  ނުވަތަ

(ޅ) އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ-އޯލެވެލް އިމްތިހާނުން އިނގިރޭސިން ދަށްވެގެން C ފާސް ލިބިފައިވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައެންސް، ބިޒްނެސް، އާޓްސްއިން) މަދުވެގެން 1 މާއްދާއިން ދަށްވެގެން C ފާސް ލިބިފައިވުން، އަދި ސްޓްރީމް މާއްދާއާއި ސްޓްރީމް މާއްދާއާ ގުޅުހުރި އިޚްތިޔާރީ މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން،  ނުވަތަ

(ކ) އިންޑިވިޖުއަލް ކަރިކިޔުލަމް ޕްލޭންގެ ދަށުން (އައި.ސީ.ޕީ) ސާނަވީ އިމްތިހާން ހަދާ ދަރިވަރުން ސާނަވީ ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް 2 މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން. 

 

ނަންބަރު

ބޭނުންވާ މައްދާގެ އަދަދު

ދިވެހި ނުވަތަ އިސްލާމް

ހިސާބު

އިނގިރޭސި

ސްޓްރީމް މާއްދާ

އިޙްތޔާރީ މާއްދާ

ކޮންމެވެސް 2 މާއްދާ

ސްޓްރީމް

(ހ)

5

1

 

 

2

 

2

ކޮންމެވެސް 1 ސްޓްރީމް

(ށ)

4

1

1

 

2

 

 

ކޮންމެވެސް 1 ސްޓްރީމް

(ނ)

4

1

 

 

2

1

 

ކޮންމެވެސް 1 ސްޓްރީމް

(ރ)

3

0

1

 

2

 

 

ކޮންމެވެސް 1 ސްޓްރީމް

(ރ)

3

0

 

1

2

 

 

ކޮންމެވެސް 1 ސްޓްރީމް

(ބ)

3

0

1

 

1

1

 

ހިސާބު މާއްދާއާ ގުޅޭ އިހްތިޔާރީ މާއްދާ + ސްޓްރީމް މާއްދާ

(ޅ)

3

0

 

1

1

1

 

އިހްތިޔާރީ މާއްދާއާ ގުޅޭ ސްޓްރީމް މާއްދާ

 

2.1   ޕިއާސަން ބީޓެކް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާއަށް ވަނުމުގެ ޝަރުޠު

(ހ) ޕިއާސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ކޯހުން ދަށްވެގެން"PASS" ލިބިފައިވުން؛ ނުވަތަ

(ށ) އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް އިމްތިހާނާއި އެސް.އެސް.ސީ އިމްތިހާނުގެ ކޮންމެވެސް 3 މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން. 

ނޯޓް: މަތީގައިވާ ޝަރުޠުތައް ފުރިހަމަ ނުވާ ދަރިވަރުންނަށް ސްކޫލުގައި ޖާގަ އޮތް މިންވަރަކުން މިނިސްޓްރީ އޮފް އެޑީޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންތްގެ ލަފަޔާ އެކު ފުރުޞަތު ދެވޭނެއެވެ.

 

  1. 3.     ރަޖިސްޓްރީކުރުމާއި ޖާގަދިނުން

-  އޭލެވެލްއަށް ވަނުމަށް ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފުރިހަމަކުރާނީ ތިރީގައިވާ ލިންކް މެދުވެރިކޮށެވެ.

www.moe.gov.mv/applications

-  އެޕްލިކޭޝަން ހުށަހަޅުމުގެ ސުންގަޑިއަކީ  28 މެއި 2026ވާ ބުރާސްފަތި ދުވަހުގެ ކުރިންނެވެ.

-  ޖާގަ ލިބިފައިވާ ދަރިވަރުންނަށް ރަޖިސްޓްރީ ކުރުމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ އީމެއިލްއަށް ފޮނުވޭނެއެވެ.

 

މަތީގައި ދެންނެވިފައިވާގޮތުގެ މަތިން ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާންކުރީމެވެ.

 

 19  މެއި    2026 މ.

19 މޭ 2026
ހޯދާ