ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ މޭ/ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލްއާއި އެޗްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން

އިޢުލާން

2016 ވަނަ އަހަރުގެ މޭ/ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:

2016 ވަނަ އަހަރުގެ މޭ/ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލްއާއި އެޗްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2016 ޖަނަވަރީ 10 އިން ފެށިގެން 2016 ފެބުރުވަރީ 01 ވަނަ ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެ ސެންޓަރަކަށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 13:30 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީ ޝީޓު މި ޑިޕާޓްމަންޓުންނާއި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016
ހޯދާ