މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމާއިބެހޭ.

        އެކިއެކި މަސައްކަތްތައް ކުރުމަށް ރާއްޖެ އައިސްއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރިޔަށްގެންދަވާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބަޔޯމެޓްރިކް ނުނަގާތިބިފަރާތްތަކުގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތް މިއަދުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 13:00 އަށް މިއިދާރާގައި ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.  

        ވީމާ، ރަށުގައި އުޅޭ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކް ނުނަގާ ތިބި ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގަޑީގައި މިއިދާރާއަށް ދުރުވެ ބަޔޯމެޓްރިކް ނެގުމަށް ދެންނެވީމެވެ.  

 

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

19 މޭ 2026
ހޯދާ