މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ޖާފަތާއި ބާބެކިއުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

   ކ.ގާފަރު،ދިވެހިރާއްޖެ                                                                                                                                                                                  ނަމްބަރ: 331/331/2026/27(IUL)

އިޢުލާން

 

އަޟްޙާ ޢީދު ޖާފަތާއި ބާބެކިއުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

                1447 ވަނަ އަހަރުގެ އަޟްޙާ ޢީދު މިރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގޭ ޙަރަކާތްތަކުގެ ތެރޭގައި ޢީދު ޖާފަތާއި، ރައްޔިތުންގެ ބޮޑު ބާބެކިއުއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެންމެބޮޑު ބައިވެރިވުމެއް އޮންނަނީ ރައްޔިތުންގެ ފަރާތުން ކަމުގައިވާތީ، މިހަރަކާތްތަކުގައި ބައިވެރިވާ ގޭބީސީތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ

                  ވީމާ، މިއަހަރުގެ އަޟްޙާ ޢީދު ޖާފަތާއި، ބާބެކިއުގައި ބައިވެރިވާން ބޭނުންވާ ގޭބިސީތަކުން، 2026 މެއި 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެނިޔަލަށް ގޫގަލް ފޯމް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ގޫގަލް ފޯމު ބޭނުންކުރުމަށް ދަތިފުޅުވާ ފަރާތްތަކުން، ނަމާއި އެޑްރެސް ކައުންސިލްގެ ވައިބަރ ނަންބަރު 7498930 އަށް ފޮނުއްވުން އެދެމެވެ.

19 މޭ 2026
ހޯދާ