މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ

ޢިއުލާން

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާރކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލަމެވެ.

ސަބާ ޕްރޮޖެކްޓް

މަޤާމު: ޕްރޮޖެކްޓް މެނޭޖަރ

މިވަޒީފާއަށް އެދި މިނިސްޓްރީއަށް ސިޓީ ހުށަހަޅާއިރު، ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ސިޓީއުރައިގެ ބޭރުގައި، "ސަބާ – ޕްރޮޖެކްޓް މެނޭޖަރގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • އައި.ޑީ ކާޑުގެ ކޮޕީ
  • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ސިޓީތައް

އިންޓަރވިއު:

މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަރވިއުކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތުގެމަތިން، 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް މެއިލްކުރުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް، މި މިނިސްޓްރީގެ ވެބްސައިޓުން http://www.trade.gov.mv ލިބެން ހުންނާނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 3003018 އަށް ގުޅުން އެދެމެވެ.

ސިޓީ ހުށަހަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު،

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]

05 ޖަނަވަރީ 2016
ހޯދާ