ދިވެހިރާއްޖެ
އިޢުލާން
ޕްލާސްޓިކް ޑަސްޓްބިނާއި ޑަސްޓްބިން ކޮތަޅު ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން
މި އިދާރާގެ ނަންބަރު (IUL)333/333/2015/64 އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް މަދުކަމާއެކު އެ އިޢުލާން ބާޠިލުކޮށް މި ކައުންސިލުން ދޭ މަޢުލުމާތާ އެއްގޮތަށް ޑަސްބިނާއި ޑަސްބިން ކޮތަޅު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
ވީމާ، މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ވަޑއިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ލިޔެކިއުންތައް:-
- އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ސާފު ކޮޕީއެއް
- ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީއަކާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީއެއް
- ކްލަބު ޖަމްޢިއްޔާއަކުންނަމަ އެ ކްލަބެއްގެ ރަޖިސްޓަރީ ކޮޕީއެއް
ލިޔެކިއުންތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުސޫލު
މާރކްސް ދެވޭކްރައިޓީރިއާ |
މާރކްސް ދެވޭގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
75% |
ދިވެހި ރުފިޔާއިން ހުށަހެޅޭ އެންމެ ކުޑަ އަގު |
(ބެންޗްމާކް އަގު/ ހުށަހެޅުނު އަގު)x ކަނޑައެޅިފައިވާ % |
ސަޕްލައިކޮށްދޭ މުއްދަތު |
20% |
މުއްދަތު ޖަހަންވާނީ ދުވަހުން، ހުށަހެޅޭ އެންމެ ކުރު މުއްދަތު |
(ބެންޗްމާކް ކުރު މުއްދަތު/ ހުށަހެޅުނު މުއްދަތު)x ކަނޑައެޅިފައިވާ % |
މަސައްކަތުގެ ތަޖުރިބާ |
5% |
ކުރިން މިފަދަ މަސައްކަތެއް ކުރައްވާފައިވާނަމަ ހުށަހަޅާފައިވާ ލިޔުމަށް |
(ބެންޗްމާކް ތަޖުރިބާ/ ހުށަހެޅުނު ތަޖުރިބާ)x ކަނޑައެޅިފައިވާ % |
އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސް ހޯލުގައި އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ މެންދުރުކުރި 10:30 ގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
25 ރަބީޢުލްއައްވަލް 1437