މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ ޕޫލް ރަޖިސްޓްރީ ކުރުން

މި އިޢުލާންވަނީ 20 މޭ 2026 08:27 ގައި ބާތިލް ކުރެވިފައެވެ.


މޯލްޑިވްސް ޕޮލިޓެކްނިކްގެ އެކިއެކި ކެމްޕަސްތަކުގައާއި ތަފާތު ރަށްތަކުގައި ހިންގުމަށް ރާވާފައިވާ ސެޓްފިކެޓް ލެވެލް 3، 4 އަދި ޑިޕްލޮމާ ގެ ކޯސްތަކުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ޕާރޓް-ޓައިމް ލެކްޗަރަރ އިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ވަޒީފާގެ ފުރުސަތު

މަޤާމް:

ޕާރޓް-ޓައިމް ލެކްޗަރަރ

އުޖޫރަ:

ކިޔަވައިދޭ ގަޑިއިރަކަށް -/250 ރުފިޔާ

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

1-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް)

2-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

3-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތައް އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓްކޮށްފައިވާ ކޮޕީ)

 

ޝަރުތު:

ކިޔަވައިދެއްވާނެ މާއްދާތަކުގެ ތެރެއިން ޕާރޓް-ޓައިމް ލެކްޗަރަރއިން ބޭނުންވާ ކޯސް އަދި މޮޑިއުލްތަކުގެ ލިސްޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ ތިރީގައިވާ ލިންކް ބޭނުންކޮށްގެންނެވެ.
  • އަޕްލޯޑްކުރައްވާ ލިޔެކިއުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެފަދަ ގޮތަކަށެވެ.

https://forms.gle/cYSnZf9C9xsoDPT96

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3002569 ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 18 މޭ 2026

 

18 މޭ 2026
ހޯދާ