ދިވެހިރާއްޖެ
އިޢުލާން
ދުނިޔޭގެ ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކުރު ވީޑިއޯ ހެދުމުގެ މުބާރާތް
ދުނިޔޭގެ ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް އިން އާންމުންނަށް ހުޅުވާލައިގެން ވީޑިއޯ ހެދުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލަމެވެ.
މި މުބާރާތަށް ވީޑިއޯ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި އިއުލާނާ އެއްކަރުދާސްކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އަދި ތައްޔާރުކޮށްފައިވާ ވީޑިއޯ، 2026 ޖޫން 10 ވާ ބުދަ ދުވަހުގެ ނިޔަލަށް މި ޔުނިޓަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތަށް ހުށަހަޅާ ވީޑިއޯގައި ހުންނަންވާނެ މިންގަނޑުތަކާއި އިތުރު މައުލޫމާތު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
18 މެއި 2026
