މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކައުންސިލް އެސިސްޓަންޓް، ކޮންޓްރެކްޓް)

މަޤާމު:

ކައުންސިލް އެސިސްޓަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މުއްދަތު

01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ / ނ. ފޮއްދޫ

މުސާރަ:

7700.00 (ހަތް ހާސް ހަތްސަތޭކަ ރުފިޔާ)

މަޤާމުގެ އެލަވަންސް

2310:00 (ދެހާސް ތިން ސަތޭކަ) ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޟިރީ އެލަވަންސް: 60.00 (ފަސްދޮޅަސް) ރުފިޔާ (ހާޟިރުވާ ކޮންމެ ދުވަހަކަށް)
  • ހަމަޖެހިފައިވާ ރަސްމީ ވަގުތު  (ދުވާލަކު 8 ގަޑިއިރު) އިތުރަށް ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރގެ ލަފާ އާއި އިރުޝާދުގެމަތިން ކުރުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  • ރަށުގެ ބަނދަރު އަދި ޖެޓީ ބެލެހެއްޓުން
  • ކައުންސިލުން ހިނގާ އެކި އެކި ހަރަކާތްތަކުގައި ކައުންސިލުން އަންގަމުންދާ ގޮތެއްގެ މަތިން މަސައްކަތް ކުރަމުން ދިޔުން
  • ރަށުގެ މަގުތަކުގައި (ޤަވާއިދުގައިވާ ގޮތާ ޚިލާފަށް ހުންނަ) ގަސް ގަހުގެ އަފިތައް ކޮށާ އުކާލުން

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުން

      ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

 -          ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް މިއިދާރާއިން ދޫކުރާ ލިޔުމަށް ބަލައިގެން.

 -          ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން

-          ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވޭޖް ޕޫލް ގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ސިޓީ.
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މެއި 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން،  ނ.ފޮއްދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

                                             

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 މޭ 2026
ހޯދާ