ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
24 ފޫޓުގެ ސްޕީޑް ބޯޓަކާއި، ހައިޑްރޯލިކް އެންކަރ ވިންޗެއް ބޭނުންވެއްޖެ

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް، 24 ފޫޓުގެ ސްޕީޑް ބޯޓަކާއި، ހައިޑްރޯލިކް އެންކަރ ވިންޗެއް (Anchor Winch – Hydraulic) ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު FSM-ADV-2015/071) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ސްޕީޑް ބޯޓާއި ހައިޑްރޯލިކް އެންކަރ ވިންޗް ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

04 ޖަނަވަރީ 2016
ހޯދާ