ދިވެހިރާއްޖެ
ވަށަފަރު ކައުންސިލުން އިންތިޒާމުކޮށްގެން މި ހިނގާ 1447 ވަނަ އަހަރު އަޟްހާ ޢީދުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނައިން (09) އަސައިޑް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގެ މަޤްޞަދަކީ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫޙްއާލާކުރުމާއި މޮޅުކުޅުންތެރިން އުފެއްދުމާއި، އިޖުތިމާއީ އެއްބައިވަންތަކަން ޤާއިމްކުރުމާއި، މުޅި މުޖުތަމައު އެއްތަނަކުން ބައްދަލުވެ، އުފާވެރިކަމާއި އެކުވެރިކަމާއެކު ވަގުތު ހޭދަކުރާނެ ފުރުޞަތެއް ފަހިކޮށްދިނުމެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް މިކައުންސިލުން ލިބެން ހުންނާނެއެވެ.
ވީމާ، މުބާރާތުގައި ބައިވެރިލައްވަން އެދޭ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމް، 2026 މެއި 20 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވާން އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ން 13:00 އަށް މިކައުންސިލް އިދާރާގައެވެ. ބައިވެރިވާން އެދޭ ފޯމް މެއިލް ކުރައްވާނަމަ [email protected] އަށް މެއިލްއަށް ކޮށްދެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
