ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިރަށުން ރުއްބޭރުކުރުމުގެ ހުއްދަތައް ބާތިލުކުރުމާ ގުޅޭ
މިރަށުން ރުއްބޭރުކުރުމުގެ ކަންކަން ހަރުދަނާކޮށް، އެ މަސައްކަތްތައް މޮނިޓަރުކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމަށްޓަކައި މި ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން، މިރަށުން ރުއްބޭރުކުރުމަށްޓަކައި މިހާތަނަށް މި ކައުންސިލުން ދޫކޮށްފައިވާ އެންމެހާ ހުއްދަތައް، މި އިޢުލާނު ނެރޭ ތާރީޚުން ފެށިގެން ބާތިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މީގެ ފަހުން މިރަށުން ރުއްބޭރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، މި ކައުންސިލުން އެކަމަށްޓަކައި އަލަށް އެކުލަވާލާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަލުން ހުއްދަ ހޯދުމަށްފަހުގައެވެ.
ވީމާ، މިރަށުން ރުއްބޭރުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދާ ފަރާތްތަކުން، ކައުންސިލުން ކަނޑައަޅާ އާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
17 މޭ 2026
ހޯދާ
