މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހުގެ މުނާސަބަތުގައި 24 މޭ 2026 އިން 30 މޭ 2026 އަށް ސަރުކާރު ބަންދު ވުމާއިގުޅިގެން، ބޭންކިންގ ޚިދުމަތް ދިނުމަށް 28 މޭ 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް މި އޮތޯރިޓީ ހުޅުވާފައި ހުންނާނެ ކަމުގައި ދަންނަވަމެވެ.
އަދި، މިދުވަހު ޢާންމުންނަށް ވަކި ލާރި އާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވާތީ، މި ހިނގާ ހަފްތާ ތެރޭގައި އަޟުޙާ ޢީދު ގެ ބަންދުގައި ބޭނުންވާނެކަމަށް އަންދާޒާކުރާ އަދަދަށް މި އޮތޯރިޓީން ވަކި ލާރި އާއި ނަގުދު ފައިސާ ހޯއްދެވުމަށް އިލްތިމާސް ކުރަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 މޭ 2026
ހޯދާ
