ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން އިއުލާން ކުރަމެވެ.
|
މަޤާމް |
ްޖޫނިއަރ އެގްޒެކެޓިވް |
|
ބޭނުންވާ ޢަދަދު |
02 |
|
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓް / މިފްކޯ ހެޑް އޮފީސް |
|
މުސާރަ |
ރުފިޔާ 4,750.00 ާ |
|
އިތުރު ޢިނާޔަތްތައް: |
ސަރވިސް އެލަވަންސް:2،850.00 ރުފިޔާ މިނިމަމް ވޭޖް އެލަވަންސް: 2،470.00 ރުފިޔާ ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40 ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20 އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ |
|
ޝަރުޠު: |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އޭ ލެވެލް ހާސިލްކޮށްފައިވުން. މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
ބިދޭސީ މުވައްޒަފުން ގެ ވަޒީފާ ދިނުމާއި ވަކިކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުން. ބިދޭސީ މުވައްޒަފުންގެ ވަޒީފާ ބަދަލްކުރުމުގެ ކަންތަށް ކުރިއަށް ގެންދިއުން. ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް ހެދުން. ބިދޭސީ މުވައްޒަފުނގެ ވަރކް ވިސާ، ވިސާފީ އަދި ޕާސްޕޯޓް ތައް ހަމައަށް ހުރިތޯ ބަލައި ޗެކްކުރުން. އެރައިވަލް އަދި ދިޕާރޗަރގެ ކަންތަށް ބެލެހެއްޓުން. ފެލިވަރަށް އަލަށް ވަޒީފާ އަށް އަންނަ ބިދޭސީ މުވައްޒަފުނަނަށް އިންޑަކްޝަން ޓްރެއިނިންގ ހިންގުން. ބިދޭސީ މުވައްޒަފުން ޗުއްޓީއަށް ފޮނުވުމާއި ގެނައުމުގެ ކަންތަށް ބެލެހެއްޓުން. ބިދޭސީ މުވައްޒަފުންނަށް ބޭންކް އެކައުންޓު ހުޅުވައި ދިނުމުގެ މަސައްކަތް. ބޭންކް އަދި މެޑިކަލް ދަތުރުފަތުރު ހަމަޖައްސައި ދިނުން. ޓްރެވަލް ރިކުއެސްޓް ހެދުމާއި އޮފިސިއަލް ދަތުރު އަދި ޓިކެޓްގެ ކަންތަށް ބެލެހެއްޓުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. |
|
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. ޕޮލިސްރިޕޯޓް. |
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 މެއި 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ. މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
|
|
|
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.
