ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހެލްތު ކެއަރ އެޓެންޑެންޓްގެ މަޤާމަށް މީހަކު ހޯދުން

ޅ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

މަޤާމު

ހެލްތު ކެއަރ އެޓެންޑެންޓް ގްރޭޑް 1

މަޤާމުގެ ނަންބަރު

J-429770

ބޭނުންވާ އަދަދު

 1 ( އެކެއް )

މަޤާމުގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް ރޭންކް

R1 (STEP 1)

މަޤާމުގެ ކްލެސިފިކޭޝަން

 

ވަޒީފާ އަދާކުރަންޖެހޭ ތަން

ޅ. އަތޮޅު ހޮސްޕިޓަލް

މަޤާމުގެ އަސާސީ މުސާރަ

8255.00ރ ( މަހަކު )

މަޤާމުގެ އެލަވަންސް

2475.00ރ ( މަހަކު )

ޙާޟިރީ އިނާޔަތް

65.00ރ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )

އެހެނިހެން އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް.

ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ

1. ލިޔަން ކިޔަން އެނގުން.

ނުވަތަ:

2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.
  2. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

މަޤާމަށް އައްޔަނުކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

މަޤާމަށް ޢައްޔަނުކުރާއިރު ވަކި ޚާއްޞަ ލައިސަންސެއް ނުވަތަ ފުރިހަމަކުރުން ލާޒިމު ތަމްރީނެއް ނެތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލުގެ ކްލިނިކަލް އޭރިއާ ތަކުގައި އުފެދޭ ނުރައްކާތެރި ކުނި (ބަޔޯ ހަޒާރޑް)، ކަނޑައެޅިފައިވާ އުސޫލްގެތެއިން ބަންދުކޮށް، އެތަކެތި ނައްތާލުމަށް ކަނޑައެޅިފައިވާ ސަރަހަދަށް ގެންދިއުމާއި ، ހޮސްޕިޓަލްގައި އުކާލަންހުންނަ ތަކެތި ދުވަހުންދުވަހަށް ރައްކާތެރިކަމާއި އެކު އުކާލާ އަންދާލަން ޖެހޭ ތަކެތި އަންދާލުން. ބަޔޯ ހަޒާޑްގެ ގޮތުގައި ނެރެވޭތަކެތި ރައްކާތެރިކަމާއި އެކު ނައްތާލުމުގައި އެހީތެރިވުން
  2. ހޮސްޕިޓަލުގެ ކްލިނިކަލް އޭރިޔާ ތަކުގައިވާ އިކްވިޕްމެންޓް ތަކާއި، މެޝިނަރީސް އަދި ފަރްނީޗާރ އަދި ޓޫލްސް ސާފުކޮށް ބެލެހެއްޓުމާއި ، ހޮސްޕިޓަލްގެ ވޯރޑްތަކާއި ފާޚާނާތައް ، ބޭސްއަޅާކޮޓަރި، ކްލިނިކަލް އޭރިޔާތަކާއި އެނދު، ފަރނީޗަރ އަދި މެޝިނަރީޒް ފަދަ ތަކެތި ސާފުކުރުމުގައި ކޮންމެ ދުވަހަކުވެސް އެހީތެރިވުން
  3. ހޮސްޕިޓަލުގެ އޯ.ޕީ.ޑީ ތަކުގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން އުފެދޭ ނަޖިސް ، ހޮސްޕިޓަލުގެ އައި.ޕީ.ޑީ ތަކުގައި އެނދުމަތި ކުރެވިފައިވާ ފަރާތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން އުފެދޭ ނަޖިސް އަދި ހޮސްޕިޓަލުގެ ކްލިނިކަލް އޭރިޔާއެއްގައި ކުރެވޭ ކްލިނިކަލް ޕްރެކްޓިސް އެއްގެ ސަބަބުން އުފެދޭ ނަޖިސް ސާފުކުރުމަށް ނަރުހުން އެދިއްޖެނަމަ އެއްވެސް އިންކާރުކުރުމެއްނެތި  އެކަންކުރުން. އަދި މިފަދަ ހާލަތެއް ދިމާވެދާނެ ހާލަތަކަށް ފެންނަ ހިސާބުގައި ތިބުން.
  4. ހޮސްޕިޓަލުގެ ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކޮށް ހަޑިވާ ދޮވެސާފުކޮށް އަލުން ބޭނުކުރެވޭ ތަކެތީގައި ހުންނަ ނަޖިސް ސާފުކުމަށްފަހު ލޯންޑްރީއާއި ހަވާލުކުރުން. އަދި އެތަކެތި ލޯންޑްރީންއިން ދޮވެ ސާފުކޮށް ނިމުމުން އަނބުރާ އެ ޑިޕާޓްމެންޓްތަކަށް ގެނެސް ހަވާލުކުރުން.
  5. ހޮސްޕިޓަލުގެ ކްލިނިކލް އޭރިޔާތަކުގައި ނަރުހުން ކުރާ ދުވަހުގެ މަސައްކަތުގައި އެހީތެރިކަމަށް އެދޭ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ ނަރުހުންގެ އިރުޝާދުގެދަށުން މަސައްކަތުގައި ބައިވެރިވުން.
  6. ހޮސްޕިޓަލުގެ އަ.ޕީ.ޑީ ގައި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންގެ ޔޫރިންބޭގްތައް ނަރުހުންގެ ލަފަޔާއި އިރުޝާދުގެދަށުން ހުސްކޮށް، އައި.ޕީ.ޑީގައި ބޭނުންކުރާ ބެޑުޕޭން ޔޫރިނާރ، ކިޑުނީ ޓުރޭފަދަ ތަކެތި ކޮންމެދުވަހަކުވެސް ކަނޑައެޅިފައިވާ އުސޫލެއްގެތެރެއިން ޑިސްއިންފެކްކޮށް ބެލެހެއްޓުން.
  7. ހޮސްޕިޓަލުގެ އެމްބިއުލެންސް ޑިސްއިންފެކްޓް ކުރުމާއި ބަލިމީހުން އުފުލަން ގެންގުޅޭ " ޕެއިޝަންޓް ޓްރޯލީ " އަދި " ވީލް ޗެއަރ" ޑިސްއިންފެކްޓްކޮށް ތައްޔާރީ ހާލަތުގައި ބެހެއްޓުން
  8. ހޮސްޕިޓަލުގެ އޯ.ޕީ.ޑީ އަދި އައި.ޕީ.ޑީގައި ހިދުމަތް ހޯދާ ބަލި މީހުން އުފުލުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ބަލިމީހުންގެ އެހީތެރިން އެދިއްޖެހާލަތުގައާއި އެހީތެރިޔަކު ނެތް ހާލަތުގައި ނަރުހުންގެ އިރުޝާދުގެދަށުން އެކަން ކުރުން.
  9. ހޮސްޕިޓަލްގެ އައި ޕީ ޑީ ވޯރޑް، އީ އާރު އަދި ޚިދުމަތް ދޭ ތަންތަނުގައި ބޭނުންކުރާ އެނދުފަދަ ތަކެތި ކްލީންކޮށް، އެނދުތަންމަތި ބަދަލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ހޮސްޕިޓަލުގެ އޯ.ޕީ.ޑީތަކުގައި ބަލިމީހުންނަށް ފަރުވާދޭ އެނދުތަކުގެ ތަންމަތި ފްރޮންޓް އޮފީހުގެ ސްޕާރވައިޒަރުންގެ އިރުޝާދުގެދަށުން ކޮންމެ ދުވަހަކު ބަދަލުކުރުން
  11. ހޮސްޕިޓަލް އިން އިންތިޒާމްކުރާ ބައްދަލުވުންތައް ނުވަތަ ޙަރަކާތްތައް އިންތިޒާމްކުރާ ފަރާތުން އަންގާގޮތެއްގެ މަތީން ( ގޮނޑިޖެހުން، މޭޒުޖެހުން، ބެނަރ ހަރުކުރުން ފަދަ މަސައްކަތްތައް ) އިންތިޒާމްތައް ކުރުމާއި ޙަފްލާތަކަށް ތަން ތައްޔާރުކުރުން.
  12. ހޮސްޕިޓަލްގެ އެހެން ޔުނިޓަކުން، ޑިޕާޓްމެންޓަކުން އަދި ސެކްޝަނަކުން އެ ޔުނިޓެއްގެ، ޑިޕާޓްމެންޓެއްގެ އަދި ސެކްޝަނެއްގެ މަސައްކަތުގައި އެހީތެރިކަމަށް އެދިއްޖެނަމަ ނަރުހުންގެ ލަފާގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.
  13. ހޮސްޕިޓަލްގެ އޮފީސްތެރެއާއި އަދި އެހެނިހެން ތަންތާންގައި ބަހައްޓާފައިވާ ސޯކޭސް، އަލަމާރި ފަދަ ތަކެތި މަދުވެގެން ދުވާލަކު އެއްފަހަރު ފޮހެ ސާފުކޮށް ބެލެހެއްޓުން.
  14. ހޮސްޕިޓަލްގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި ، ހޮސްޕިޓަލްގެ ގޯތިތެރޭގައި ގަސްއިންދުމާއި ގަސްތަކަށް ފެންދީ ރަގަޅަށް ބެލެހެއްޓުން.
  15. ބަލިމީހުން ގެ ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ، ބަލިމީހުންގެ ސިއްރު ހިފެހެއްޓުމާއި، ހޮސްޕިޓަލް ތެރޭން ގެންދެވޭ ތަކެތީގެ ތެރޭ ބަލިމީހަކާއި ސީދާ ގުޅުންހުރި އެއްވެސް ކަމެއް ، އެއްޗެއްވާނަމަ އެކަން ކަނޑައެޅިފައިވާ ފަރާތަށް އެންގުން އަދި އެހެން ފަރާތްތަކާއި އެކަން ހިއްސާ ނުކުރުން
  16. ބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ޓޭންކްތަކަށް ކަޑައެޅިފައިވާ މިންގަޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުން
  17. ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުމާއި ، ޝިޕްޓް ޑިއުޓީ ނިންމާ ގެއައްދިއުމުގެކުރިން ޖެހިގެން އަންނަ ޝިޕްޓަށް އަންނަ މުވައްޒިފަށް ކުރެވިފައިހުރި ކަންކަމާއި ނުކުރެވިހުރިކަންކަމުގެ ހޭންޑް އޯވާ ދިނުން.
  18. ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކުރާ ޓޫލްސް އަދި އިންސްޓްރޫމަންޓްސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޑިސްއިންފެކްޓް ކުރުމާއި އޮޓޯކްލޭވް ކުރުން.
  19. އެއްވެސް މެޝިނެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން ސްޕަރވައިޒަރެއްގެ އިރުޝާދުގެ މަތިން ބަޔޯހަޒާރޑް ޓޭންކުތަކާއި މެޝިންތަކާއި ދޮންނައޭރިޔާ ސާފުކޮށް މޮޕްކުރުން.
  20. ވޯރޑްތަކުންނާއި އެހެނިހެން ޑިޕާރޓްމަންޓްތަކުން ލޯންޑްރ އަށް ދޮންނަން ގެންނަ ތަކެތި ބަލާ ޗެކްކުރުމަށް ފަހު މުޙިއްމު ތަކެތި އަދަދު ތައްވެސް އެނގޭނެހެން ބެލެހެއްޓުމާއި ، ދޮވެ ނިމުމުން އެތަކެތި ހަމަޔަށް ފޮނުވޭތޯ ޔަގީން ކުރުން
  21. މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެތަކެތި ބަހައްޓާފައިވާތަން ރަނގަޅަށް ބެލެހެއްޓުމާއި، އެފަދަ އާލާތެއް ހަލާކުވެއްޖެނަމަ ނުވަތަ މަސައްކަތަށް އިތުރު އާލާތްތައް ބޭނުންވާނަމަ އެކަން ސްޕަރވައިޒަރަށް ރިޕޯރޓް ކުރުން
  22. ދިމާވާ ހާލަތެއްގެ ސަބަބުން ހޮސްޕިޓަލުގައި ނުވަތަ ހޮސްޕިޓަލުގެ ބެލުމުގެދަށުން ހޮސްޕިޓަލުން ބޭރުގައި ޤާއިމް ކުރެވޭ ކްލިނިކަލް ފެސިލިޓީ ފޮޅާ ސާފުކޮށް، މޮޕްލާ، ޑިސްއިންފެކްޓް ކުރުން.
  23. ލެބޯޓްރީގައި ބޭނުންކުރާ އެއްޗެތި ދޮވެ ސާފްކުރުމާއި ތަނުގެ މަސައްކަތުގައި އެހީތެރިވުން.
  24. ހޮސްޕިޓަލުގައި ގެންގުޅޭ ، ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.
  25. ލޯންޑްރީއަށް ގެނެވޭ ތަކެތި ވީހާވެސް އަވަހަށް ދޮވެ، އިސްތިރިކުރަންޖެހޭ ތަކެތި އިސްތިރި ކުރުމަށްފަހު އަވަހަށް ސެކްޝަންތަކާއި ހަވާލުކުރުން
  26. ލޯންޑްރީގައި ބޭނުން ކުރުމަށް ސްޓޮކުން ނަގާ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި އެތަކެތި އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމާއި، ތަކެތި ހުސްނުވާނޭގޮތަށް އަބަދުވެސް ތަކެތި ހޯދުމަށް ކުރަންޖެހޭ ރިކްއެސްޓްތައް ސުޕަރވައިޒަރ މެދުވެރިކޮށް ކުރުން.
  27. ލޯންޑްރީގެ މެޝިންތަކަށް ތަކެތިއެޅުމުގައި އެމެޝިނަކަށް ކަނޑައެޅިފައިވާ މިންގަޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދޮވުމާއި އެތަކެތި ދޮވުމަށް ކަޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުން. އަދި މެޝިނަށް އެކި ކެމިކަލްސް އަޅަން ކަޑައެޅޭ ގަޑިތކުގައި އެޑިއުޓީގެ ސްޕަރވައިޒަރެއްގެ އިރުޝާދުގެ ދަށުން ކެމިކަލްސް އެޅުން.
  28. ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމަށް އަގުބެލުމަށް ތަންތަނަށް ދިއުމާއި އަދި ހޮސްޕިޓަލުން ކަނޑައަޅާ ގޮތުގެ މަތީން ތަކެތި ހޮސްޕިޓަލަށް ގެނެސް ކަމާއިބެހޭ ފަރާތްތަކާއި ޙަވާލުކުރުމާއި، އެކިއެކި ތަންތަނުން ހޮސްޕިޓަލަށް އަދި ހޮސްޕިޓަލުން އެކިއެކި ތަންތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.
  29. ހޮސްޕިޓަލުން ރަށުގެ އެކި އޮފީސްތަކަށާއި އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ހަވާލުކުރުން.
  30. ޞިއްޙީ އިމަރޖެންސީތަކާ ، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންކްރިޕްޓްގެ ކޮޕީ. ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް  އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް  ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެމަރުކަޒަށް ދީފައިވާ ހުއްދަ ނަމްބަރު ހިމަނާފައިވާ ނަމައެވެ).

6.  މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ  މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި  މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ).

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މެއި 2026 ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އޮންނާނީ، 04 ޖޫން 2026 އާ 20 ޖޫން 2026 އާ ދެމެދު ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620150 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

17 މޭ 2026
ހޯދާ