މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 10.47 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އޮފީސްތަކުން އެވޯޑްކުރާ ބީލަންތައް އާންމުކޮށް ޝާއިޢުކުރުން

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގަށް (35,000/- އާއި 5,000,000/-) ފެތޭ ޕްރޮކިއުމަންޓުތަކުގެ ތެރެއިން އެވޯޑްކުރެވިފައިވާ ޕްރޮކިއުމަންޓްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ބީލަމުގެ ނަން:

މިނިސްޓްރީ އާއި، ގްރީން ރެފްރިޖެރޭޝަނާއެކު ވެފައިވާ ނަންބަރު ((AGR)30-P1/INDIV/2025/80) އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ލަސްވެފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ނުކުރެވުމުންނާއި، މިނިސްޓްރީގެ ފަރާތުން މަސައްކަތްކުރާ ފަރާތަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވުމުގެ ސަބަބުން ކަމަށްވާތީ، މިހާރު ވެފައިވާ އެއްބަސްވުމުގައި ހުރި ޝަރުޠުތަކާ އެއްގޮތަށް ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ދިނުން އެންމެ ރަނގަޅު ކަމަށް ފެންނާތީ، މާލިއްޔަތު ޤަވާޢިދުގެ 10.49 ވަނަ މާއްދާގެ (ރ) ގެ ދަށުން މަސައްކަތުގެ މުއްދަތު އިތުރުކުރުން

އެވޯޑްކުރެވުނު ފަރާތް:

ގްރީން ރެފްރިޖެރޭޝަން

އެވޯޑްކުރެވުނު ތާރީޚް:

11 ޖަނަވަރީ 2026

އެވޯޑްކުރެވުނު އަގު:

-

މުއްދަތު:

174 ދުވަސް

ނިންމުނު ޖަލްސާ:

02 ވަނަ ޖަލްސާ

           

 

ބީލަމުގެ ނަން:

15-3 މެއި 2026 ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ އަހަރީ ބައްދަލުވުމުގެ އިވެންޓް މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

އެވޯޑްކުރެވުނު ފަރާތް:

ބްލެކް ލީފް އެންޓަޓެއިންމެންޓް ޕްރައިވެޓް ލިމިޓެޑް

އެވޯޑްކުރެވުނު ތާރީޚް:

15 އޭޕްރީލް 2026

އެވޯޑްކުރެވުނު އަގު:

790,000.00   ރުފިޔާ

މުއްދަތު:

3-15 މެއި 2026

ނިންމުނު ޖަލްސާ:

09 ވަނަ ޖަލްސާ

           

 

 

ބީލަމުގެ ނަން:

މި މިނިސްޓްރީގެ ދަށުން ހިންގާ މަނިޔަފުށީގައި ބޭނުންކުރާ 120 ކިލޯ ވޮޓުގެ ޖެންސެޓަށް އައު ރޭޑިއޭޓަރެއް ގަނެ، އިންސްޓޯލް ކުރުމުގެ މަސައްކަތް

އެވޯޑްކުރެވުނު ފަރާތް:

ގްލޯބަލް ޑީލްސް ޕްރައިވެޓް ލިމިޓެޑް

އެވޯޑްކުރެވުނު ތާރީޚް:

21 އޭޕްރީލް 2026

އެވޯޑްކުރެވުނު އަގު:

91,800.00   ރުފިޔާ

މުއްދަތު:

02 ދުވަސް

ނިންމުނު ޖަލްސާ:

10 ވަނަ ޖަލްސާ

           

 

ބީލަމުގެ ނަން:

މި މިނިސްޓްރީން ޤާއިމުކުރާ ކަނދުފަތީގެ މަސައްކަތަށް ބޭނުންވާ 50 (ފަންސާސް) ސީ. ޝޭޕް ރަބަރ ފެންޑަރ ސަޕްލައިކޮށް، ހުޅުމާލޭގައި ހުންނަ ފެޑް ސެންޓަރަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

އެވޯޑްކުރެވުނު ފަރާތް:

ނަވާޒް އިންވެސްޓްމަންޓް

އެވޯޑްކުރެވުނު ތާރީޚް:

27 އޭޕްރީލް 2026

އެވޯޑްކުރެވުނު އަގު:

205,140.60 ރުފިޔާ

މުއްދަތު:

65 ދުވަސް

ނިންމުނު ޖަލްސާ:

11 ވަނަ ޖަލްސާ

           

 

ބީލަމުގެ ނަން:

މި މިނިސްޓްރީން ޤާއިމުކުރާ އޮއިވާލި ކަނދުފައްޗަށް ބޭނުންވާ ވައު އާއި، ނެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް.

އެވޯޑްކުރެވުނު ފަރާތް:

ޖިއޮންގ ވޫ އިންޑަސްޓްރިއަލް ކޯ.، ލިމިޓެޑް

އެވޯޑްކުރެވުނު ތާރީޚް:

27 އޭޕްރީލް 2026

އެވޯޑްކުރެވުނު އަގު:

2,360,879.10 ރުފިޔާ

މުއްދަތު:

180 ދުވަސް

ނިންމުނު ޖަލްސާ:

11 ވަނަ ޖަލްސާ

           

 

ބީލަމުގެ ނަން:

މި މިނިސްޓްރީގެ ރަސްމީ މަސައްކަތްތަކާއި، ބާއްވާ ބައްދަލުވުންތަކުގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ރަސްމީ ދަތުރުތަކުގައި މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި 5 ލެޕްޓޮޕް ސަޕްލައިކޮށް މިނިސްޓްރީއަށް ފޯރުކޮށްދިނުމުގެ މަސައްކަތް

އެވޯޑްކުރެވުނު ފަރާތް:

ޕާސަނަލް ކޮމްޕިއުޓަރސް

އެވޯޑްކުރެވުނު ތާރީޚް:

27 އޭޕްރީލް 2026

އެވޯޑްކުރެވުނު އަގު:

96,250.00   ރުފިޔާ

މުއްދަތު:

01 ދުވަސް

ނިންމުނު ޖަލްސާ:

11 ވަނަ ޖަލްސާ

17 މޭ 2026
ހޯދާ