ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން އިކޯސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވެއެވެ.
މަސައްކަތުގެ ވަގުތު: ދުވާލަކު 6 ގަޑިއިރު
މުސާރަ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު ގަޑިއިރަކަށް 50.00 ރުފިޔާ (ޕެންޝަން ކޮންޓްރިބިއުޝަން ހިމަނައިގެން)
ބޭނުންވާ މަޤާމް:
- މުނިސިޕަލް މަސައްކަތު
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވޭޖް ޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ވީމާ މި ޕޫލްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އެހެނިހެން ލިޔެކިޔުންތައް 2026 މެއި 21 ވާ ބުރާސްފައި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނަމަ އިމެއިލް ކުރައްވާނީ [email protected] އަށެވެ. މި ޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
