ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގައި ޕްލޭގްރައުންޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް 10 ޑިސެންބަރު 2015 ގައި ކުރެވުނު އިޢުލާން ނަންބަރު GS-090-HH/2015/45 އަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ޕްލޭގްރައުންޑެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ ނުވަތަ މި ސްކޫލުގެ ފޯނު ނަންބަރު 6520555 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ލައިބްރަރީގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުށަހެޅުމުގެ ބައްދަލުވުން |
2016 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި |
2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި |
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6520555 އާ ގުޅުއްވުން އެދެމެވެ.