ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2016 ގެ ކުރިން ކުރެވުނު އިޢުލާން ނަންބަރު GS-154/2015/25 ބާޠިލުކޮށް، އަލުން 2016 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 12 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލުގައި އޮންނާނެއެެެވެ. މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

23 ރަބީޢުލްއައްވަލް 1437

03 ޖަނަވަރީ 2016
ހޯދާ