މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގައި ހަރުކުރުމަށް ލިބިފައިވާ އެއާރކަންޑިޝަން ހަރުކުރުމާއި، މިކޯޓުގެ ޖަލްސާކުރާ މާލަމުގައި ހަރުކޮށްފައި ހުރި އެއަރކަންޑިޝަން މަރާމާތު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓު

    މ. ކޮޅުފުށި،

  ދިވެހިރާއްޖެ.

                                                                     ނަންބަރު: 629-A/2026/03

އިޢުލާން

މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގައި ހަރުކުރުމަށް ލިބިފައިވާ އެއާރކަންޑިޝަން ހަރުކުރުމާއި، މިކޯޓުގެ ޖަލްސާކުރާ މާލަމުގައި ހަރުކޮށްފައި ހުރި  އެއަރކަންޑިޝަން މަރާމާތު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގައި ހަރުކުރުމަށް ލިބިފައިވާ 12000 ބީޓީޔޫގެ 1 އެއާރކަންޑިޝަން ހަރުކުރުމާއި، ޖަލްސާކުރާ މާލަމުގައި ހަރުކޮށްފައި ހުރި 9000 ބީޓީޔޫގެ 1 އެއަރކަންޑިޝަން އަމިއްލަ ތަކެތީގައި މަރާމާތު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ. އަދި މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިކޯޓުގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން ތިރީގައި ދަންނަވާފައިވާގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން

      މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 20 މޭ 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

       މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

14 މޭ 2025

14 މޭ 2026
ހޯދާ