މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތާއިގުޅޭ

ނަންބަރު: (IUL)303-EDMS/303/2026/18

އިއުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތާއިގުޅޭ

       މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އިން ދިވެހިރާއްޖޭގައި  ވަޒީފާ އަދާކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތުގެ ތެރެއިން ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތް، މި ކައުންސިލުން ތިރީގައި މި ދަންނަވާ ދުވަސްތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި އުސޫލްތައް:

  • ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ 9:00 ން 12:00 ށް  
  • އެންމެ ގިނަވެގެން ބަޔޯމެޓްރިކް ޑޭޓާ ނެގޭނީ ދުވާލަކަށް 15 މީހުންނެވެ.
  • ބަޔޯމެޓްރިކް ޑޭޓާ ނަގަން އައުމުގެ 1 ދުވަސްކުރިން އެޕޮއިންޓްމެންޓް ހަމަޖެއްސުމަށް މި ކައުންސިލްގެ ނަންބަރ  6584751 އަށް ގުޅުއްވުން އެދެމެވެ. އަދި މެއިލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހަމަޖައްސާނަމަ މި ކައުންސިލްގެ މެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.  
  •  ޑޭޓާ ނަގަން އަންނަ ފަރާތްތަކުގެ ނަމާއި ޕާސްޕޯޓް ނަންބަރ މި ކައުންސިލަށް މެއިލް ކުރަންވާނެއެވެ.
  • ބަޔޯމެޓްރިކް ޑޭޓާ ނަގަން އަންނަ ބިދޭސީންނާއި ހަވާލުވެ މަޢުލޫމާތު ދެވޭނެ އިސް ފަރާތެއް ހުންނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

13 މޭ 2026
ހޯދާ