މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޖަޕަނީސް ގަވަރމެންޓް (MEXT) ސްކޮލަރޝިޕް 2027- ކޮލެޖް އޮފް ޓެކްނޮލޮޖީ (KOSEN) ސްޓޫޑެންޓްސް އަދި ސްޕެޝަލައިޒް ޓްރެއިންނިންގ ކޮލެޖް ސްޓޫޑެންޓްސް

 

Japanese Government (MEXT) Scholarship 2027

College of Technology (KOSEN) Students and Specialized Training College Students

 

 

ޖަޕާންގެ ސަރުކާރުގެ ފަރާތުން "ޖަޕަނީސް ގަވަމަންޓް (MEXT) ސްކޮލަރޝިޕް 2027" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ސްކޮލަޝިޕްގެ ދަށުން ވޮކޭޝަނަލް ސްޓަރޑީޒް އަށް ޚާއްޞަކޮށް "ކޮލެޖް އޮފް ޓެކްނޮލޮޖީ (KOSEN) ސްޓޫޑެންޓްސް" އަދި "ސްޕެޝަލައިޒް ޓްރެއިނިން ކޮލެޖް ސްޓޫޑެންޓްސް" ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

 

މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ  ތަފްޞީލް ތިރީގައިވާ ލިންކް ތަކުންނާއި މި މިނިސްޓްރީގެ ކުރި ޕޯޓަލް  https://kuri.gov.mv  އިން ލިބެން ހުންނާނެއެވެ.

 

ކޮލެޖް އޮފް ޓެކްނޮލޮޖީ (KOSEN) ސްޓޫޑެންޓްސް: https://www.studyinjapan.go.jp/en/smap-stopj-applications-technology.html

ސްޕެޝަލައިޒް ޓްރެއިނިންގ ކޮލެޖް ސްޓޫޑެންޓްސް: https://www.studyinjapan.go.jp/en/smap-stopj-applications-specialized.html

 

މި އިޢުލާނުގައިވާ ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 17 މެއި 2026 ވާ އާދީއްތަ ދުވަހުގެ 17:00 ކުރިން ސްޓަޑީ އިން ޖަޕާންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ހުށަހަޅަންވާނެއެވެ.

 

................................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

13 މޭ 2026
ހޯދާ