މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ އާޓިފިޝަލް ބީޗް ތެރޭގައި ލެޑް ސްކްރީނެއް ހަރުކޮށް، ވޯލްޑްކަޕް 2026 ފުޓްބޯޅަ މުބާރާތާއި އަދި މުޖުތަމަޢަށް ފައިދާހުރި އެހެނިހެން ޕްރޮޤްރާމްތައް އެސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ، (2 ވަނަ އިޢުލާން)

މާލެ އާޓިފިޝަލް ބީޗް ތެރޭގައި ލެޑް ސްކްރީނެއް ހަރުކޮށް، ވޯލްޑްކަޕް 2026 ފުޓްބޯޅަ މުބާރާތާއި އަދި މުޖުތަމަޢަށް ފައިދާހުރި އެހެނިހެން ޕްރޮޤްރާމްތައް އެސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2026/48 (21 މާރިޗު 2026) އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހަށް ބަދަލެއް ގެންނަން ޖެހުމާއިގުޅިގެން އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

18 މޭ 2026 (ހޯމަ)

13:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

21 މޭ 2026 (ބުރާސްފަތި)

13:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

 

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތްތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

 

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
12 މޭ 2026
ހޯދާ