ދިވެހިރާއްޖެ
ނަންބަރު:258/258/2026/29(IUL)
އިޢުލާން
ހދ. ހަނިމާދޫ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނިން ހިންގާނެ ވިޔަފާރި ޙަރަކާތްތަކާއި، ފީސިބިލިޓީ ތައްޔާރުކޮށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށްޓަކައި ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ހަނިމާދޫ ކައުންސިލުން ދޭމަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނިން ހިންގާނެ ވިޔަފާރި ޙަރަކާތްތަކާއި، ފީސިބިލިޓީ ތައްޔާރުކޮށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށްޓަކައި ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ލިންކް: (IUL)258/258/2026/29 – Fill out form
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުން |
12 މެއި 2026 އިން 20 މޭ 2026 ގެ ނިޔަލަށް |
20 މޭ 2026 (ބުދަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
02 ޖޫން 2026 |
ހެނދުނު 11:30 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި |
- ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
- ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
24 ޛުލްޤައިދާ 1447
12 މެއި 2026
