ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ ހަތަރު މުގޯލި އަދި ވައު ދެމުމުގެ މުބާރާތް

އިޢުލާން

 

                       1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން 12 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ކުދިންނާއި މީހުން ހިމެނޭ ގޮތަށް ހަތަރު މުގޯލި އަދި ވައު ދެމުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މުބާރާތުގައި ޓީމު ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް ފުރުމަށް ފަހު 20 މޭ 2026 ގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށައެޅުއްވުން އެދެމެވެ. ފޯމް މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

                   ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރަމެވެ.

12 މޭ 2026
ހޯދާ