މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްހާ ޢީދާއި ގުޅިގެން ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމާއިގުޅޭ

1447 ވަނަ އަހަރުގެ އަޟްހާ ޢީދާއި ގުޅިގެން 25 މެއި 2026 އިން 30 މެއި 2026 އަށް 3 ގާޑިޔާ ހިންގުމަށް ބިން ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއެވެ.

 

            ވީމާ،މިކަމަށް ޝައުޤުވެރިވެލައްލާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު ހުށައެހުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ހޯމަ

19 މެއި 2026

11:00

 

    މިކަމަށްއެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

                އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ.

           މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

12 މޭ 2026
ހޯދާ