ދިވެހިރާއްޖެ
މިރަށު މަސްޖިދުލް އަންވާރުގައި 21 މެއި 2026 އިން 07 ޖުލައި 2026 ވަނަ ދުވަހުގެ ނިޔަލަށް ބަންގިގޮވައި އިމާމުވެ ނަމާދު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން ބަންގިގޮވައި އިމާމުވެ ނަމާދު ކުރެއްވުމާއި ޙަވާލުވެލައްވާ ފަރާތްތަކަށް އުޖޫރަ ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވީއެވެ.
|
# |
މަޤާމް |
ރޭންކް |
މަސައްކަތްކުރާގަޑިއަކަށް |
|
1 |
އިމާމު ސަނަދު އޮންނަ މީހަކަށް ( ނަމާދުކުރާ ވަގުތަކަށް ) |
GS3 |
-/61 ރުފިޔާ |
|
2 |
މުދިމު ސަނަދު ނެތްމީހަކަށް ( ނަމާދުކުރާ ވަގުތަކަށް) |
GS1 |
-/53 ރުފިޔާ |
މިކަމަށް އެދިލައްވާ ފަރާތްތަކުން 19 މެއި 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ހުށައަޅުއްވާ ސިޓީއާއިއެކު ތިރީގައި މިދަންނަވާ ތަކެތި ހުށައަޅުއްވަން ވާނެއެވެ.
- ތަޢުލީމީ ސެޓްފިކެޓް / ސަނަދު ތަކުގެ އަސްލާއި އެއްގޮތްކަން އަންގައިދޭ ކޮޕީ.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއްފެންނަ ސާފު ކޮޕީއެއް، ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ އެކަން ބަޔާންކުރާ ލިޔުން.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
