ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
މި ކޯޓުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

 

މި ކޯޓުގައި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 20 މެއި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 19 މެއި 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 20 މެއި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

     ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު 01 (އެކެއް)  ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ.

 

 

12 މޭ 2026
ހޯދާ