ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅިފަޅު ސައިޓްޕްލޭން ހެދުމާބެހޭ

އިޢުލާން

ގުޅިފަޅު ސައިޓްޕްލޭން ހެދުމާބެހޭ

މިކުންފުނީގެ ދަށުން ހިންގާ ގުޅިފަޅުގެ ސައިޓްޕްލޭން ހަދައިދެއްވާނޭ ފަރާތެއް ހޯދުމަށް 17 ޑިސެންބަރު 2015 ގައި ކުރެވުނު އިޢުލާން (ނަންބަރު GIL/IUL/2015/113) އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން ސައިޓްޕްލޭން ހައްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، އެފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖަނަވަރީ 2016 ވާ ބުރާސްފަތިދުވަހުގެ 14:00 ގައި މި އޮފީހަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 19 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 14:00 ގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ.

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮފީހުގެ ނަންބަރު 3016630 ފޯނާ ގުޅުއްވުން އެދެމެވެ.

07 ޖަނަވަރީ 2016
ހޯދާ