މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެޑްމިނިސްޓްރޭޓަރ (އެމް. އެސް. 3)

މަޤާމުގެ ނަންބަރު: OD/22/2015/154-ފ188

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް: އެމް. އެސް. 3

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް:  ހިތާދޫ ސްކޫލް /ބ.ހިތާދޫ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން އަދި ބަޖެޓް

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި، ރަށުން ބޭރު ފަރާތެއްނަމަ، ހާރޑްޝިޕް އެލަވަންސާއި، ފުޑް އެލަވަންސް ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. އަދި އަހަރީޗުއްޓީގެ ގޮތުގައި 30 ދުވަސް ލިބޭނެއެވެ. މީގެ އިތުރުން، ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް އެފަދަ މަސައްކަތް ކުރަންޖެހޭ ދުވަސްތަކަށް ދުވާލަކަށް -/25 ރުފިޔާ ލިބޭނެއެވެ.  

 

އެހެނިހެން ޢިނާޔަތްތައް:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ ޝަރުޠު:

- ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

- އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެެއް ކުރުން.

- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.

- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.

- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

- ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން.

- ސްކޫލުގެ އެންމެހައި ޢިމާރާތްތައް މަރާމާތުކުރުވުމާއެކު ބެެލެހެއްޓުން.

- ސްކޫލުގެ އެންމެހައި ޢިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުން.

- ސްކޫލުގެ ޢިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން.

- ސްކޫލަށް އެކިފަރާތްތަކުން ފޮނުވާ ފައިސާއާ ގުޅުންހުރި ސިޓީ މެސެޖް ބަލައިގަނެ، އެންޓްރީކޮށް، އިސްވެރިޔާގެ ލަފާގެމަތިން ޖަވާބުދާރީވެ، ފައިލްކޮށް ބެލެހެއްޓުން.

- އޮފީހުގެ އެއްވެސް ލިޔެކިޔުމެއް، އިސްވެރިޔާގެ ހުއްދަނެތި ޢާންމުކުރެވިގެން ނުވާނެއެވެ.

- މުސާރައާއި އެހެނިހެން ފައިސާ މުވައްޒަފުންނަށް މަހުންމަހަށް ހަވާލުކުރުން.

- ސްކޫލުގެ އެންމެހައި މުވައްޒަފުުންގެ ރަޖިސްޓަރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި ލިޔުންތައް ބެލެހެއްޓުން.

- ސްކޫލުން ރާވައި ހިންގާ އެންމެހައި ހަރަކާތްތަކުގައި އަމިއްލައަށް އިސްނަގައިގެން ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުން. އެހަރަކާތެއްގައި އިދާރީބައިން ދޭންޖެހޭ އެހީތެރިކަން އިންތިޒާމުކުރުމާއި ފޯރުކޮށްދިނުން.

- ސްކޫލް ހިންގުމުގައި އިސްެވެރިޔާއަށް އެހީތެރިވެދިނުން.

- ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދު ހޯދުމާއި، ހަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް ނިންމުމަށް މަސައްކަތްކުރުން.

- ސްކޫލުގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެ މުވައްޒަފެއްގެ ހައިސިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް، ސްކޫލުގެ ވެރިންނާއެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.

- އެޑްމިން އޮފިސަރ ހާޒިރުނުވާ ދުވަސްތަކުގައި އެ މުވައްޒަފު ކުރަންޖެހޭ ދުވަހު މަސައްކަތްތަކާއި އެހެނިހެން މަސައްކަތް ރާވައި ހިންގުން.

- ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން، ވެރިއަކު ރަސްމީކަމެއް ހަވާލުކުރައްވައިފިނަމަ، އެ މަސައްކަތެއް ވީއެންމެ ފުރިހަމައަަށް ކުރުން.

- ސްކޫލުގެ ސިއްރު ހިފެހެއްޓުން. އެއްވެސް ޙާލެއްގައި ދަރިވަރަކާ ނުވަތަ މުވައްޒަފަކާ ނުވަަތަ އޮފީހުގެ އެހެނިހެން ކަމަކާ ގުޅޭ ސިއްރެއް ފާޅުކޮށް ހަދައިގެން ނުވާނެއެވެ.

- ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި، ސިވިލް ސަރވިސްގެ އެންމެހައި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެއެވެ.

- ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް އެނގި، އެއާ އެއްގޮތަށް ޢަމަލުކުރުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތު ހުނަރާއި، ޤާބިލުކަން.

- އިންޓަރވިއުގައި މާކްސް ލިބިފައިވާ ބައިތަކާއި މިންވަރު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، ކަމަދޫ މަދަރުސާގައެވެ.

- އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. އިންޓަރވިއު އޮންނާނީ، 2016 ޖަނަވަރީ 12 އާއި 14 އާ ދެމެދުގެ ދުވަހެއްގައި މި ސްކޫލުގައެވެ. 

 

އިންޓަރވިއު ކުރުން

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު/ސިޓީ (އެޕްލިކޭޝަން ފޯމު، ކަމަދޫ މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ(ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ބ. ހިތާދޫ ސްކޫލަށެވެ.

2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 10 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 އެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ކަމަދޫ މަދަރުސާގެ 6600314 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

- މި މަޤާމަށް އިންޓަރވިއު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

23 ރަބީޢުލްއައްވަލް 1437

03 ޖަނަވަރީ 2016
ހޯދާ