މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޓީއޯއާރުއާއި އެއްގޮތަށް އޭއައި ޗެޓުބޮޓެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

      ޓީއޯއާރުއާއި އެއްގޮތަށް އޭއައި ޗެޓުބޮޓެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

             ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި  ޓީ.އޯ.އާރުގައިވާ  މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް   [email protected] އަށް 2026 މެއި 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 2026 މެއި 21 ވަނަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

11 މޭ 2026
ހޯދާ